އާބަންކޯގެ ނަމުގައި އަނެއްކާ ވެސް އޮޅުވާލުމުގެ ހަރަކާތެއް ހިންގާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.

ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއެކު އާބަންކޯގެ ހެޑް އޮފީހަށް އައުމަށް އެދި އާބަންކޯގެ ނަމުގައި ބަޔަކު ދަނީ މެސެޖުތަކެއް ދައުރު ކުރަމުންނެވެ.

Ad
rt

އެ މެސެޖުތަކާއި ގުޅިގެން އެ ކުންފުނިން މިއަދު ބުނީ، އެ ކުންފުނީގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ ކަމަށެވެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެމަށެވެ.

’’މިފަދަ މެސެޖްތަކާއި ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކުރަން’’ އެ ކުންފުނިން ބުނެފަވެއެވެ.

މީގެ ކުރިން ވެސް އާބްނަކޯގެ ނަމުގައި މަކަހަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ ކަންކަން ބަޔަކު ހިންގަން އުޅޭތީ ސަމާލުވާން އެކިފަހަރު މަތިން އެ ކުންފުނިން ވަނީ އެދިފައެވެ.