މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,995 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވައިފި
Raajje

ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފިއެވެ. ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވާ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޔާމީން ސޮއި ކުރެއްވި ފޯމާއި ހަވާލުވެލެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން […]

ނާޒިމް ޖޭޕީން ވަކިވެ، ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަނީ
Raajje

ނާޒިމް ޖޭޕީން ވަކިވެ، ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ. ނާޒިމަކީ ނިމުނު ރިޔާސީ އިންތިޚާބުގައި ޤާސިމްގެ ކެމްޕޭން ކޮންސަލްޓަންޓުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނާޒިމް ޖޭޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ އޯގަސްޓް މަހުގެ 3 ވަ...

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަނީ
Raajje

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރަން މިއަދު ނިންމައިފިއެވެ. “މޯލްޑިވްސް ޒަކާތު ހައުސް” ޤާއިމުކުރުމަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ކަމެކެވެ. މި އިދާރާ ހިންގާނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ނެވެ. މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ގާއިމު ކުރުމާގުޅޭ ކަރުދާހެއް ހުށަހަޅުއްވާފައެވެ. ރައީސް މި ނިންމުން ނިންމެވީ...

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ނިންމައިފި
Raajje

ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ގާއިމުކުރަން ނިންމައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް މިއަދު ނިންމަވައިފިއެވެ. ރައީސް މި ނިންމުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހި ޚާރިޖީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅު ހޯއްދެވުމަށްފަހުއެވެ. ރައީސް އޮފީހުން ބުނިގޮތުގައ ރައީސްގެ މި ނިންމެވުމަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެޤައުމުގެ ދެ...

ގްރޭޑް 12،11،10 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދެނީ
Raajje

ގްރޭޑް 12،11،10 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދެނީ

ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކިއަދު ”އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވެފައި ވަނީ، ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމަވާފައިވާ ކަމަށެވެ. އެ ގޮތައް ނިންމެވީ ޒުވާން...

ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން ކޮމެޓީން ފާސްކޮށްފި
Parliament

ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން ކޮމެޓީން ފާސްކޮށްފި

ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ނިންމީ ވަޒީރުންނަށް ރުހުން ދިނުމާމެދު ކޮމެޓީން ގޮތެއް ނިންމަން މިއަދު ބޭއްވީ އެ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ 22 ވަޒީރުންގެ ނަމަށް ގަނޑުކޮށް ވޯޓަށް އަހަން ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމެޓީގައި ވޯޓަށް އަހާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު […]

ލިފްޓެއް ތެރޭ ކުއްޖަކަށް ހަމަލާދިންކަމުގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: ފުލުހުން
Raajje

ލިފްޓެއް ތެރޭ ކުއްޖަކަށް ހަމަލާދިންކަމުގެ މައްސަލައެއް ހުށަހެޅިފައެއް ނެތް: ފުލުހުން

ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ. ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ. އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވި...

ނައިބު ރައީސް ޖެނީވާއަށް ވަޑައިގެންފި
Raajje

ނައިބު ރައީސް ޖެނީވާއަށް ވަޑައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރޭ ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް ހުސެންގެ މި ދަތުރުފުޅ...

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީއަށް ފޯމު ހުށަހެޅުމަށް ޕީއެންސީ އޮފީސް ފުރާލައިފި
Raajje

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީއަށް ފޯމު ހުށަހެޅުމަށް ޕީއެންސީ އޮފީސް ފުރާލައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލާން ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ މެންބަރުން މިރޭ ޕީއެންސީގެ ރަސްމީ އޮފީހަށް ހިނގައްޖެއެވެ. އެ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ  7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 […]

މާލޭ މޭޔަރު/ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ރަސްމީކޮށް ފެށުން މާދަމާ ރޭ
Raajje

މާލޭ މޭޔަރު/ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ރަސްމީކޮށް ފެށުން މާދަމާ ރޭ

މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ […]

ޑިމޮކްރެޓްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށް
Raajje

ޑިމޮކްރެޓްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށް

ދަ ޑިމޮކްރެޓިކްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާ ހިތްވަރަކާއެކު ފަށާފައިވާކަމަށް އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ބުނެފިއެވެ. ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު އިންސަތައަކާއެކު މަގާމު ކާމިޔާބުކުރި ހަމްދާ ”އެކްސް”ގައި ބުނީ އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ. ހަމްދާ ވަނީ، ސިޔާސި މަސްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ނުގޮސް...

''ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ލާޒިމެއް ނޫން''
Raajje

''ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ލާޒިމެއް ނޫން''

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނުވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުންފުލުވައިދީފިއެވެ. މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރެވޭ ގޮތާމެދު ބައެއްމީހުންނަށް އޮޅުން އަރާފައިވަނިކޮށް، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީއެކަން މިއަދު ސާފުކޮށްދެއްވާފައެވެ. ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށ...

ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ، ކުއްޖާގެ ހާލު ސީރިއަސް
Raajje

ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ، ކުއްޖާގެ ހާލު ސީރިއަސް

ފުވައްމުލަކު ސިޓީގައި ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖެއް ފުލުހުންނަށް ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ، އެ ކުއްޖާ ފެނުނީ ފުވައްމުލަކުގައި ރޭ މެންދަމު 3:40 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ސައިކަލަކާއެކު އެކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުންނެވެ. އެ ކުއްޖާ އަކީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުމުން ފުލުހުން އެ ކުއްޖާ...

ފިޔާ އެކްސްޕޯޓުކުރުން އިންޑިއާ އިން ވަގުތީ ގޮތުން ހުއްޓާލައިފި
Raajje

ފިޔާ އެކްސްޕޯޓުކުރުން އިންޑިއާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމުކަމަށްވާ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކާއި ބައިނަލްއަޤްވާމީ އެހެން ބައެއް ނޫސްތަކުން ވެސް ވަނީ އިންޑިއާއިން ވަގުތީގޮތުން މި ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައެވެ. އިންޑިއާގެ ”އިންޑިއާ ޓްޑޭ” ނޫހުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ފިޔާގެ ބޭރުކުރުން ވަގުތީގޮތުން މަނާކުރީ ޤައުމުގެ އެތެރޭގެ ފިޔާގެ ސްޓޮކް ރަނގަޅު ކުރުމަށާއި ފިޔާގެ އަގުތައް ބޮޑުވިޔަ ނުދިނުމަށެވެ. އަންނަ އަހަރުގެ މާ...

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް: ނައިބު ރައީސް
Raajje

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް: ނައިބު ރައީސް

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ހުޅުވުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙ...