ފުވައްމުލަކު ސިޓީގައި ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖެއް ފުލުހުންނަށް ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންބުނީ، އެ ކުއްޖާ ފެނުނީ ފުވައްމުލަކުގައި ރޭ މެންދަމު 3:40 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ.
ސައިކަލަކާއެކު އެކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުންނެވެ.
އެ ކުއްޖާ އަކީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުމުން ފުލުހުން އެ ކުއްޖާ ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
''އެކުއްޖާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ'' ފުލުހުން ބުނެފަވެއެވެ.
އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!