މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,992 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވާތީ މެންބަރު ޔާސިރު ސުވާލުއުފައްދަވައިފި
Thiladhunmathi News

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވާތީ މެންބަރު ޔާސިރު ސުވާލުއުފައްދަވައިފި

އާ ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރައްވައި، އެކަމާމެދު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ސުވާލުއުފައްދަވައިފިއެވެ. ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މި ސަރުކާރުން އިންޑިއާއެކުވި އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައް...

ސާކް ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލުމަށް ރައީސް އެދިވަޑައިގެންފި
Raajje

ސާކް ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލުމަށް ރައީސް އެދިވަޑައިގެންފި

ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ މިއަދު ފާހަގަކުރާ “ސާކް ޗާޓަރު ޑޭ”ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގައެވެ. “ސާކް ޗާޓަރު ޑޭ”ގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މި މެސެޖުގައި،...

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
Business

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯ އިން މިރޭ ބުނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަައިވާ ކަމަށެވެ. މިގޮތުން ޕެޓްރޯލް ލިޓަރަކުން 0.40 ލާރި އަދި ޑީސަލް ލިޓަރަކުން 0.45 ލާރި ވަނީ ހެޔޮކޮށްފައެވެ. އެ ކުންފުނިން ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކާފައި ވަނީ 14.73 ލާރިއަށެވެ. މި ބަދަލާއެކު މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.33 ލާރިއަށެވެ. އެކުންފުނިން ކުރިން ޑީސަލް ލިޓަރެއް ވިއްކަމުން […]

ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހުކޮށްފި
Raajje

ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާހުކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގާއިމްކުރި “ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ”، މިއަދު ހުޅުވައިފިއެވެ. މި އެކަޑަމީ ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިއަދު ބޭއްވި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އޭސީސީން ބުނީ މިއީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ގާއިމުކުރި ތަނެއް ކަމަށެވެ. ދިވެހިރާއްޖޭގައި އެންޓި-ކޮރަޕް...

ގެއްލިގެން ހޯދަނިކޮށް މުއްރަތު ހުޅުމާލޭ ޕޮލިހަށް ހާޒިރުވެއްޖެ
Raajje

ގެއްލިގެން ހޯދަނިކޮށް މުއްރަތު ހުޅުމާލޭ ޕޮލިހަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދަން ފުލުހުން މިއަދު ޢިއުލާންކުރި މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ހުޅުމާލެ ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ. މުއްރަތު އަލީ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނާތީ، އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މިއަދު ހެނދުނު ވަނީ އެދިފައެވެ. 30 އަހަރުގެ މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައި ވަނީ ޑިސެމްބަރު 6 ވަނަ ދުވަހު އެވެ. މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ […]

އަލީ ވަހީދު އަލުން އެމްޑީޕީ އަށް
Raajje

އަލީ ވަހީދު އަލުން އެމްޑީޕީ އަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް ޢަލީ ވަހީދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރެއްވި އަލީ ވަހީދު މިއަދު ވަނީ ”އެކްސް” މެދުވެރިކޮށް އޭނާ އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވިކަން ޢިއުލާން ކުރައްވާފައެވެ. އޭނާ ވަނީ ހަތް އަހަރާއި ހަތް ދުވަހަށްފަހު އަނބުރާ ”ގެއަށް” (އެމްޑީޕީ) އަށް ”އާދެވިއްޖެ” ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން...

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި
Raajje

މިލަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި

މުއްރަތު އަލީ، ނ. މިލަދޫ/ގުމުރީގެ، ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ އުމުރުން 30 އަހަރު، މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުނެއެވެ. ”އޭނާ އެންމެ ފ...

އެމްއެންޔޫއަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަނީ
Raajje

އެމްއެންޔޫއަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން ހޯދަން ޢިއުލާންކޮށްފިއެވެ. މި މަގާމުތަކަށް ހުޅުވާލައި އެމްއެންޔޫ އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން މެ މަޤާމުގެ ކްލެސިފިކޭޝަނަކީ  ޗާންސެލަރީ ލެވެލް އެވެ. މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 26,387 ރުފިޔާ ލިބެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 15,112 ރުފިޔާ (ހަރުފަތް 1) ލިބޭއިތު، ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް ހާޒިރީ ޢިނާޔަތުގެ ގޮތުގައި ދުވާލަކު 409 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ކ...

ހިޔާ ފްލެޓްގައި މާރާމާރީ ހިންގީ ޢާއިލީ މައްސަލައެއްގައި، އެކަކު ހައްޔަރުކޮށްފި
Raajje

ހިޔާ ފްލެޓްގައި މާރާމާރީ ހިންގީ ޢާއިލީ މައްސަލައެއްގައި، އެކަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހިޔާ އެޗް6 ގެ އެޕާޓްމަންޓެއްގައި ހިނގި މި މާރާމާރީގައި ވަނީ 22 އަހަރުގެ ދިވެއްސަކަށް އަނިޔާވެފައެވެ. އޭނާ އަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ”އޭނާ އަށް ހަމަލާދީފައި ވަނީ ޢާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި […]

އެހެންބަޔަކު ޕާޓީއެއް އުފައްދާތީ އަދުރޭގެ ކަންބޮޑުވުމެއްނެތް
Raajje

އެހެންބަޔަކު ޕާޓީއެއް އުފައްދާތީ އަދުރޭގެ ކަންބޮޑުވުމެއްނެތް

ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެހެންކަމުން އެހެންބަޔަކު ޕާޓީއެއް އުފައްދުމަކީ އެކަމާމެދު ވިސްނަވާކަމެއްނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ  ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރުކަން ވެސް ކުރައްވާ އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިއްތިހާދުގ...

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ މަޖިލިސް ޕްރައިމަރީ މިމަހު 23 ގައި
Raajje

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ މަޖިލިސް ޕްރައިމަރީ މިމަހު 23 ގައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހު ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ. މިކަން ހާމަކުރީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ. ގުޅިފައިވާ...

ގޮންޖެހުންތައް ވާންވީ ލިބޭ ހިތްވަރަކަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ: ރައީސް
Raajje

ގޮންޖެހުންތައް ވާންވީ ލިބޭ ހިތްވަރަކަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ: ރައީސް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ބޮޑު ނަތީޖާއަކާއެކު އެ އިންތިޚާބުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ޕީއެންސީން އަމިއްލަ ވަކި އޮފީހެއް ރަސްމީކޮށް ހުޅުވަން ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު […]

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ރައީސް މުޢިއްޒު
Raajje

ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ރައީސް މުޢިއްޒު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ވެރިއަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ހަމަޖައްސަވައިފި އެވެ. ޕީއެންސީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި، ރައީސް މުޢިއްޒު އެ މަގާމަށް ހަމަޖެއްސީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމުގައިއެވެ. ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ކުރިން ހުންނެވީ ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެވެ. ރައީސ...

ޕީއެންސީން އޮފީހެއް ހުޅުވައިފި
Raajje

ޕީއެންސީން އޮފީހެއް ހުޅުވައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަކި އޮފީހެއް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ޖާގަ ތަނަވަސް އޮފީހެއް ޕާޓީއަށް ހަމަޖެހިގެން ދިޔުމަކީ ޕާޓީގެ މަސައްކަތް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ އެކަމުގައި ޝާމިލްވި އެންމެހާ ބޭފުޅުންނަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ...

ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި
Raajje

ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ. ފުލުހުން މިރޭ ބުނީ ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު ލިބިގެން ފުލުހުން މިހާރު ސީނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިކަން ހިނގާފައި ވަނީ އެޗް6 ގެ އެޕާޓްމަންޓެއްގައެވެ. ”އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި” ފުލުހުން ބުންޏެވެ. މި ހަމަލާގައި އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަަމަށް ވެސް ފުލުހުން ބުންޏެވެ.