ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ކިއަދު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ޝަހީމް ވިދާޅުވެފައި ވަނީ، ގްރޭޑް 10،11،12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދޭން ނިންމަވާފައިވާ ކަމަށެވެ.

އެ ގޮތައް ނިންމެވީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ގްރޭޑް 10 އާއި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ޚުޠުބާކިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އިސްލާމް ދީނާއި، ޤައުމިއްޔަތަށް ލޯބި ޖައްސައި، ދީނަށް ލޯބިކުރާ ދަރިންތަކެއް އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދީފައެވެ.

މިގޮތުން ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން ''ހަފުތާ 14''ގައި ''އިސްލާމްދީނާއި ޤައުމިއްޔަތު''ގެ ބައިގައި ވެސް ވަނީ ގިނަ ކަންތައްތަކެއް ހިމަނާފައެވެ.