ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނުވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުންފުލުވައިދީފިއެވެ.
މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރެވޭ ގޮތާމެދު ބައެއްމީހުންނަށް އޮޅުން އަރާފައިވަނިކޮށް، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީއެކަން މިއަދު ސާފުކޮށްދެއްވާފައެވެ.
ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމު ނޫން ކަމަށެވެ.
''ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަ ކުރެއްވިދާނެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫން'' ހަބީބު ވިދާޅުވެފަވެއެވެ.
ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ނަމަ، ބޭނުންވާނީ އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު ކަމަށެވެ.
އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، ބޭނުންވާނީ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއިކަން ވެސް ހަބީބު ވަނީ އޮޅުންފިލުވައިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!