މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,453 Stories
3,151 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް
Raajje

ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާއްވާ ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް އެބަ ދެއެވެ. އީސީން މިއަދު ވޯޓުލުން ބާއްވާ ބައި-އިލެކްޝަން ތަކަކީ، ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލް ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން ތަކެވެ. މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ބަންދުކުރަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ. މި ބައި-އިލެކްޝަންތަކުގެ […]

''އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ މުޢުޖިޒާތެއް، ބޮޑު އިމްތިހާނެއް''
Raajje

''އިސްރާއާއި މިޢުރާޖުގެ ހާދިސާއަކީ މުޢުޖިޒާތެއް، ބޮޑު އިމްތިހާނެއް''

އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާއަކީ الله سبحانه وتعالى، ކީރިތި ކީރިތި رسول الله صلى الله عليه وسلم އަށް ދެއްކެވި މުޢުޖިޒާތެއްކަމާއި އަދި އެއީ މުސްލިމުންނަށް ކުރިމަތިވި ބޮޑު އިމްތިހާނެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”އިސްރާއާއި މިޢުރާޖުގެ ޒިކުރާގެ ތެރެއިން” އެވެ. ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ. އިސްރާއާއި މިޢުރާޖު އިސްރާ އަކީ މި ބިންމަތީގައި […]

ދިގު މުއްދަތައް އުޅޭ ބިދޭސީން މެޑިކަލް ޗެކްއަޕް ހަދަން ޖެހޭ އާ އުސޫލެއް
Raajje

ދިގު މުއްދަތައް އުޅޭ ބިދޭސީން މެޑިކަލް ޗެކްއަޕް ހަދަން ޖެހޭ އާ އުސޫލެއް

ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމަށް އާ އުސޫލެއް ހަދައި، އެ އުސޫލު ތައާރުފް ކޮށްފިއެވެ. ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އާ އުސޫލެއް ތައާރުފްކުރީ އިއްޔެ ސިއްހަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އުސޫލް ނެރެދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން އެވެ. މި އުސޫލުގެ މަޤްސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، […]

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ ހީލަތުން 200000 ރުފިޔާ އަތުލި މައްސަލައެއް
Raajje

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ ހީލަތުން 200000 ރުފިޔާ އަތުލި މައްސަލައެއް

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިގިލީ މީހަކު އަތުން ދެލައްކަ ރުފިޔާ ހޯދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނީ، ގއ. ވިލިގިލީ ގައި އެޗްޑީސީ އިން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން އެ ރަށު މީހެއްގެ ބޭންކު އެކައުންޓުން 200،000 ރުފިޔާ މަކަރާ ހީލަތުން ނަގާފައިވާ މައްސަލަ އެއް (ބުދަ ދުވަހުގެ ހަވީރު) ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު އެ […]

މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
Raajje

މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލައިފިއެވެ. މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 20 އަދި 21 ފެބުރުވަރީ ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ. މި މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ. މީރާގެ ކޮމިޝަނާ ޖެނެރަލ...

ރައީސް ކެމްޕޭންގައި ދެއްކި ވާހަކަފުޅުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓަށް
Raajje

ރައީސް ކެމްޕޭންގައި ދެއްކި ވާހަކަފުޅުތައް ހިމެނޭ ފޮތް ރައީސް އޮފީހުގެ ވެބްސައިޓަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކޮށްފިއެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ވާދަކުރެއްވީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުވެގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައެވެ. “ދިވެހީންގެރާއްޖެ” މި ޝިޢާރުގެ ދަށުން، ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި 53 ދުވަހުގ...

އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު
News

އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު

އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހިންނަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްތަކަށް ހުޅުވާލާފައިވާކަން ހާމަކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ މިއީ އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުގައި ޑިވެލޮޕިންގ ކަންޓްރީޒް ޕާޓްނާޝިޕް ސްކޮލާޝިޕް (ކޭ.އެން.ބީ ސްކޮލާޝިޕް) ގެ ދަށުން ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށެވެ. މި ފުރުސަތުގެ ދަށުން އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުން ބެޗެލާސް، މާސްޓާސް، އަދ...

ގަލޮޅު ދަނޑުގައި ހިނގި މާރާމާރީގެ މައްސަލަ ދަނީ ބަލަމުން: ފުލުހުން
News

ގަލޮޅު ދަނޑުގައި ހިނގި މާރާމާރީގެ މައްސަލަ ދަނީ ބަލަމުން: ފުލުހުން

އިއްޔެ ހަވީރު މާލޭގެ ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މިހާރު ކުރިއަށްދާ ރާއްޖޭގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ އިއްޔެ ހަވީރު ކުޅުނު މެޗުގެ ނިމެން ކައިރި ވެފައި ވަނިކޮށް ބަޔަކު ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. މި މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި ހަމަނުޖެހުމުގެ ތެރޭގައި ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަނުމުން އިތުރަށް މި ހަމަނުޖެހުން ހޫނުވާން ދިމާވިއެވެ. މި […]

ކައުންސިލްތަކުގެ ކިބައިން ރައީސް އެދިވަޑައިގަތީ ވުޒާރާތަކާއި ގުޅިގެން މަސައްކަތްތައް ތަރުތީބުކޮށްލަދެއްވުމަށް
Raajje

ކައުންސިލްތަކުގެ ކިބައިން ރައީސް އެދިވަޑައިގަތީ ވުޒާރާތަކާއި ގުޅިގެން މަސައްކަތްތައް ތަރުތީބުކޮށްލަދެއްވުމަށް

ރަށްރަށުގެ ތަރައްގީއަށް ކުރުމަށް ބަޖެޓްކޮށްފައިވާ މަސައްކަތްތައް އެ މަސައްކަތަކާއިގުޅޭ ވުޒާރާއަކާއިގުޅިގެން ތަރުތީބުކޮށްލަދެއްވުމަށް ލޯކަލް ކައުންސިލްތަކުގެ ކިބައިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެ މަނިކުފާނު މިގޮތައް އެދިވަޑައިގަތީ އަންގާރަ ދުވަހު ކޮޅުމަޑުލު (ތ. އަތޮޅު) އަށް އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަށުގައި ދެއްކެވި ވާހަކަފުޅުގައި އެރަށަށް ބޭނުންވެފައިވާ ހުރި ކަންކަމުގެ މައްޗަށް އ...

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރު އާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް
Raajje

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރު އާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާ ފޭސްބުކް ލައިވް ސެޝަނެއް ކުރިއަށް ގެންދަން އެ ވުޒާރާއިން ނިންމައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އާންމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމަށް ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް މިރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ސެޝަން ފަށަން ނިންމާފައި ވަނީ މިރޭ 8:30 ގައެވެ. އާންމުންގެ ސުވާލުތަކަށް […]

ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ
Business

ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެން ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ކަމަށެވެ. މި މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ކުންފުނިންބުންޏެވެ. އެ ކުންފުނިން ވަނީ މިކަމާއިގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން
Raajje

ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހް ހިމަނައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ މަސައްކަތަށް މަޖިލީހުން ނަގާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި އިސްލާޙް ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް […]

ސީއެސްސީއަށް މެންބަރެއް ޢައްޔަނު ކުރުމަށް ތިން ނަމެއް
Parliament

ސީއެސްސީއަށް މެންބަރެއް ޢައްޔަނު ކުރުމަށް ތިން ނަމެއް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. ސީއެސްސީގެ މެންބަރުކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުން ތެރެއިން ތިންް ނަމެއް ރައީސް މަޖިލީހަށް ފޮނުއްވިއިރު، މި ބޭފުޅުންގެ ނަންތައް ހިމެނޭ ސިޓީ މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވުމަށްފަހު، މިނަންތައް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ސީއ...

''އަމާޒަކީ މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށުން''
Raajje

''އަމާޒަކީ މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށުން''

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށޭވަރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ އެންމެބޮޑު އެއްކަމަކީ، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށެވެ....

ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިއަދު ހަމަވާނެ
Raajje

ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިއަދު ހަމަވާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާަން ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަން ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ. މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓަރީ ވުމުގެ މުއްދަތު މިއަދު ހަމަވާކަން ހަނދާންކޮށްދީ އީސީން ބުނެފައި ވަނީ ދެން މި މުއްދަތު އިތުރު ނުކުރަން ނިންމާފައިވާކަމަށެވެ. މި އިންތިޚާބުގައި އޮންލައިންކޮށް ވެސް ރީ-ރަޖިސްޓަރީ ވެވެއެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގަ...