ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހް ހިމަނައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ.
މި ބިލުގެ މަސައްކަތަށް މަޖިލީހުން ނަގާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި އިސްލާޙް ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.
މި ގޮތައް ފާސްކުރީ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ އިއްތިފާގުންނެވެ.
ކޮމެޓީން މިގޮތައް ފާސްކުރި ކުރިއިރު، އަންނަ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމެޓީ، (އީސީ)އިން ތާވަލުކޮށްފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮމެޓީން މިގޮތައް ނިންމިއިރު، އީސީން ވަނީ މަޖިލިސް އިންތިޚާބު ލަސްނުކުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!