ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި
ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލައި، އެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ޓެކްސީ ޑްރައިވަރުންނަށް ހުޅުވާލައިފިއެވެ. ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ. ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހ...