ޒަކާތު ހައުސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަނީ، މުސާރަ އާއި އިނާޔަތްތަކަށް 43،500ރ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ޒަކާތު ހައުސްއިން ”ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު”ގެ މަޤާމަށް ހޯދަން ކޮށްފައިވާ ޢިއުލާންގައިވާ ގޮތުން މި ޒީފާއަށް ފުރަތަމަ މީހަކު ހަމަޖައްސަން ނިންމާފައި ވަނީ އެއް އަހަރާއި 11 މަހައްށެވެ. މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ. މި މަޤާމަށް ކުރިމަތިލާ މ...