އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބާއްވާ ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް އެބަ ދެއެވެ.

އީސީން މިއަދު ވޯޓުލުން ބާއްވާ ބައި-އިލެކްޝަން ތަކަކީ، ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލް ރައީސް އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން ތަކެވެ.

Ad
rt

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. ވޯޓުލުން ބަންދުކުރަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 އަށެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މާލެ އާއިއެކު، ޖުމްލަ 8 ރަށެއްގައި ކުރިއަށްދެއެވެ.

މި ބައި-އިކެކްޝަންތަކުގައި މާލޭގައި ބަހައްޓާ ފައިހުރި ވޯޓު ފޮށިިތައް ހުރީ އައު ދަރުމަވަންތަ ސްކޫލްގައެވެ.

މީގެ އިތުރުން އެ ބައި-އިލެކްޝަން ނިސްބަތްވާ ރަށްތަކުގައި ވެސް ފޮށިތައް ވަނީ ބަހައްޓާފައެވެ.