ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ގއ. ވިލިގިލީ މީހަކު އަތުން ދެލައްކަ ރުފިޔާ ހޯދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ރޭގައި ބުނީ، ގއ. ވިލިގިލީ ގައި އެޗްޑީސީ އިން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ އޮޅުވާލައިގެން އެ ރަށު މީހެއްގެ ބޭންކު އެކައުންޓުން 200،000 ރުފިޔާ މަކަރާ ހީލަތުން ނަގާފައިވާ މައްސަލަ އެއް (ބުދަ ދުވަހުގެ ހަވީރު) ހުށައަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު އެ އިދާރާއިން ހިންގަމުންދާއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ފްލެޓް ލިބޭނެ ކަމަށް ބޮޑު ހީލަތުން މީހުންނަށް އޮޅުވާލައިގެން މިފަދަ ކަންތައް ހިންގާފައިވާ ގިނަ މައްސަލަތަކެއް އެކިފަހަރުމަތީން ވަނީ ފެންމަތިވެފައެވެ.
ހީލަތާއި މަކަރުން ފައިސާ އަތުލުމުގެ މައްސަލަތައް ދުވަހުން ދުވަހަށް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.
މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުވައި، ކަމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ކަމާއިގުޅޭ އިދާރާތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!