ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާަން ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަން ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ.

މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓަރީ ވުމުގެ މުއްދަތު މިއަދު ހަމަވާކަން ހަނދާންކޮށްދީ އީސީން ބުނެފައި ވަނީ ދެން މި މުއްދަތު އިތުރު ނުކުރަން ނިންމާފައިވާކަމަށެވެ.

Ad
rt

މި އިންތިޚާބުގައި އޮންލައިންކޮށް ވެސް ރީ-ރަޖިސްޓަރީ ވެވެއެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި އޮންލައިންކޮށް ހުށަހަޅާނީ https://form.elections.gov.mv މެދުވެރިކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން ވޯޓުގެ މައި މަރުކަޒު ދަރުބާރުގެއިންނާއި، އަތޮޅު، ރަށު ކައުންސިލްތަކުން ވެސް ރީ-ރަޖިސްޓަރީ ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އީސީގެ ވެބްސައިޓް (www.elections.gov.mv) ގެ ޒަރިއްޔާއިން އަދި (VR space ID.No Send to 1414) އެސް.އެމް.އެސް ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ

އީސީ އިން ވަނީ އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް އަދި ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކޮށްފައިވެއެވެ.

އީސީން ބުނިގޮތުގައި މި އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާ ނިމުމުން، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ވަނީ ބުނެފައެެވެ.

މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި 284،327 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާ މާޗް 17 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރިފައިވާ 139،165 އަންހެންނާއި 145،162 ފިރިހެނުންނެވެ.