އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާ ފޭސްބުކް ލައިވް ސެޝަނެއް ކުރިއަށް ގެންދަން އެ ވުޒާރާއިން ނިންމައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އާންމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމަށް ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް މިރޭ ބާއްވަން ވަނީ ނިންމާފައެވެ.
މި ސެޝަން ފަށަން ނިންމާފައި ވަނީ މިރޭ 8:30 ގައެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާ ފޭސްބުކް ލައިވް ސެޝަނެއް ކުރިއަށް ގެންދަން ނިންމެވިއިރު، "އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމްތަކެއް ސަރުކާރުން ވެސް ވަނީ ފަށާފައެވެ.
މިގޮތުން 25 ޖެނުއަރީ 2024 ދުވަހުގެ ރޭ މީގެ ފުރަތަމަ ފޯރަމް ބާއްވާފައިވާއިރު، އިތުރު ހަތަރު ވަޒީރަކާއެކު ވަޒީރު އައިޝަތު ޝިހާމް ވަނީ އެ ފޯރަމްގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.
ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ އިއުލާން ކުރައްވާފައެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސް ވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!