ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމަށް އާ އުސޫލެއް ހަދައި، އެ އުސޫލު ތައާރުފް ކޮށްފިއެވެ.
ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އާ އުސޫލެއް ތައާރުފްކުރީ އިއްޔެ ސިއްހަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އުސޫލް ނެރެދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހްސާން އެވެ.
މި އުސޫލުގެ މަޤްސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްޙަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުންކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
މި އުޞޫލަށް މިހާރު ގެނެވުނު ބަދަލާއެކު ވާކް ވިޒާގެ އިތުރުން ޑިޕެންޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ، ސްޓޫޑެންޓް ވިޒާ، ކޯޕަރޭޓް ރެސިޑެންޓް ވިޒާ އަދި މެރިޖް ވިޒާ (ހަދާ ފުރަތަމަ ފަހަރު) މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެއެވެ. އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ޤައުމުތަކުން ބިޒްނަސްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.
މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ޤައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން މިއުސޫލަށް ވަނީ އިތުރުކުރެވިފައެވެ. މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހުއެވެ.
ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ތެރެއިން ވާކް ވިޒާގައި އަންނަ މީހުންނާއި، އަދި ޑިޕެންޑެންޓް ވިޒާ، ސްޓުޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ ކޯޕަރޭޓް ރެސިޑެންޓް ވިޒާގައި ތިބޭ ފަރާތްތަކުން ރާއްޖެ ފުރަތަމަ އަންނަ އިރު އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެއެވެ. އަދި ބިޒްނަސްނަސް ވިޒާގައި ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެއެވެ. މީގެ އިތުރުން މެރިޖްވިޒާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެއެވެ.
މިއުސޫލުގެ ދަށުން ހަދާ މެޑިކަލްގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ތަފްޞީލް އުސޫލުގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!