ޕީޖީގެ މަގާމަށް އައްބާސް ޢައްޔަނުކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފު މިއަދު ޢައްޔަނުކުރަށްވައިފިއެވެ. އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޕީޖީއެއް ޢައްޔަނުކުރުމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށް، އައްބާސް އެ މަގާމަށް ޢައްޔަނުކުރަން މަޖިލީހުގެ އަގުލަބިއްޔަތުން 85 ވޯޓުން ފާސްކުރީ އިއްޔެއެވެ. އައްބާސް ޕީޖީކަމަށް ޢައްޔަނުކޮށް، އެކަމުގެ ލިޔުން ހަވާލުކުރުމާއި، ހުވާކުރުމުގެ ރަސް...