ފެހިކަން އިތުރުކޮށް ގަސްއިންދުން އިތުރުކުރުމަކީ ތިމާވެށި ސަަލާމަތްކުރުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން އެކްސްގަސި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއްކަމަށެވެ.

މިއަދަކީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ އޯޒޯން ފަށަލަ ހިމާޔަތް ކުރާ ދުވަހެވެ.

މި ދުވަހަށް މިއަހަރު އ.ދ. އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.

ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްފަދަ މުހިންމު ކަންތައްތަކެއް ހިމަނުއްވާފައެވެ. މި ޕްރޮގްރާމް މިއަހަރުގެ ޖޫންމަހު ވަނީ ފަށާފައެވެ.