މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ރޭ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މީހަކު ނިޔާވެފައި އޮއްވާ ފެނުނީ މާލޭގެ މާފަންނުގައި ހުންނަ ގެއަކުން ކަމަށެވެ. އެ މީހާ ނިޔާވެފައި އޮތީ އެގޭގެ ތިންވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގައެވެ.

Ad
rt

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 23:33 ހާއިރު އެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މ. ނަލަހިޔާމަންޒިލް، އަހުމަދު ފަޔާޒް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

''މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައެއް ނެތްް'' ފުލުހުން ބުނެފަވެއެވެ.

މީގެ އިތުރުން މިހާތަނަށް ބެލިބެލުމުން ތުހުމަތުކުރެވޭފަދަ ކަމެއްނެތް ކަމަށް ވެސް ފުލުހުން މިއަދު ހެނދުނު ވަނީ ބުނެފައެވެ.