ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހަކާމެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނިގޮތުގައި އެ ސާރފްބޯޑު އުފުލި މީހާއާއި މެދު މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ޚިލާފަށް މުދާ އުފުލުމުގެ ކުށުގެ ދަށުންނެވެ.

Ad
rt

ފުލުހުން ބުނީ، މިފަދަ ޢަމަލުތަކަކީ އެ މީހަކަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިފަދަ ޢަމަލުތަކަކީ އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެކެވެ.

މީގެ ކުރިން ވެސް މިފަދަ ގޮތްގޮތަށް ބުރިޖުމަތިން ތަކެތި އުފުލި މީހުން ހުއްޓުވައި ފިޔަވަޅު އަޅާފަވެއެވެ.