ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނީ، ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ މި މަހުގެ 12 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ނައިފަރަށް ގޮސް އެ މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހޮސްޕިޓަލުން ދެ ދުވަސް ކުރިން އާންމުކުރި ނޯޓިސްއެއްގައި އެ ހޮސްޕިޓަލްގެ އައިޓީ ވިއުގައާއި ސާވާއަށް މައްސަލަ ދިމާވެ، ޚިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާކަމަށް އާންމުންނާއި ކަމާގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.
އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!