ހދ. ކުޅުދުއްފުށި ސިޓީގައި ހޯމް ގާޑެނިންގ އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި އެގްރިކޮންސަލްޓިންގ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ.
މި ޕްރޮގްރާމްގައި އެ ސިޓީގެ 45 މީހަކު ބައިވެރިވެފައިވާކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެގްރިކޮންސަލްޓިންގ މޯލްޑިވްސް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ 3 ދުވަހުގެ ޕްރޮގްރާމެއް ވަނީ 45 ބައިވެރިންނާއި އެކު ކުރިއަށްގެންގޮސްފައި. pic.twitter.com/7osyFGbSCp
— Kulhudhuffushi City Council (@kfcitycouncil) September 16, 2024
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރުވެސް ވަނީ ގޯތިތެރޭގައި ގަސްއިންދާ ހައްދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ހިންގާފައެވެ. އެއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްމޯލް އައިލެންޑް ޖޯގްރަފިކް ސޮސައިޓީ ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ލައިވްލިހުޑް އެންޑް އިކޮނޮމީ ރިކަވަރީ ޕްލޭނިންގ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ވަނީ 30 ބައިވެރިއަކު ފުރިހަމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!