ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، 14 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މާލޭގެ ގުލާބީ މަގުން ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ އަހްމަދު ޝާރިފް އަބުދުލް ރަހީމް. މ.މާކަނާ/މާލެ އެވެ.
މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
ފޭރުނު ދެ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ވެސް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
އެތަނުން އެއް މައްސަލައަކީ ދިވެހި ފިރިހެނަކު ގެސްޓް ހައުސް އަކަށް ވައްދައި އޮރިޔާންކޮށް، ވަޅިން ބިރު ދައްކައިގެން ކޭޝްކާޑުގެ މައުލޫމާތު ހޯދައިގެން ފޭރުނު މައްސަލައެކެވެ. އަނެއް މައްސަލައަކީ ގެއަކަށް ވައްދައިގެން ކުރީ މައްސަލައެކޭ އެއްގޮތަށް ދިވެހި ފިރިހެނެއްއަތުން ފޭރުނު މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!