އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ވަދެ ފޭރޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެހެންވެ އިމިގްރޭޝަން ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ އެތަނުގެ އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ބަލާފާސްކުރާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
‘’އެހެންކަމުން މިއީ އިމިގްރޭޝަންގެ އޮފިސަރުން ނޫންކަމަށާއި، ރެއިޑްތަކުގައި އުޅޭ އޮފިސަރުންނަމަ ޔުނިފޯމްގެ އިތުރުން އިމިގްރޭޝަންގެ ފާސް އޮންނާނެ ކަމަށް ދަންނަވަން’’ އިމިގްރޭޝަނުން ބުނެފަވެއެވެ.
އިމިގްރޭޝަނުން ވަނީ މިފަދަ ކަންކަމަށް ސަމާލުވެ، ޝައްކުވާނަމަ، އެފަދަ މީހުންގެ ފާސް އަދި ފުރިހަމަ މައުލޫމާތު ބެލުމަށް އިލްތިމާސްކުރާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!