މޫސުމީ އެންމެ ބޮޑު ސަމިޓުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ޔާނިއާ އަދި ލަސަން އަށް
ދުނިޔޭގެ މޫސުމީ ބަދަލުތަކާ ބެހޭ އެންމެ ބޮޑު ސަމިޓް، ”ކޮޕް31” ގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދާއެކު ބައިވެރިވުމުގެ ފުރުޞަތު ދެ ޒުވާނަކު ހޯދައިފިއެވެ. “ޔޫތު ޓްރެކް ޓު ކޮޕް31″ ޕްރޮގްރާމުގެ ތެރެއިން މި ފުރުޞަތު ކާމިޔާބުކޮށްފައިވަނީ ޔާނިއާ ޙުސައިން އިޝާން އަދި ލަސަން ޞަބާޙް އެވެ. މި ދެ ޒުވާނުން ހޮވިފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ކޮޕް31” ސަމިޓުގައި ދިވެހިރާއްޖޭގެ ރަސްމީ ވަފުދުގެ ތެރޭގައި ހިމެނިގެން ދަތުރުކުރުމަށެވެ. މިއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަ...