ފޯކައިދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކައުންސިލުން އެހީ ފޯރުކޮށްދީފި
ށ. ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މިއަދު ރޯވެ، އެ ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެގޭގައި އުޅުނު ބިދޭސީންނަށް އެރަށު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފޯކައިދޫ އިރުދޭމާގޭގައި މެންދުރުފަހު ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވުނީ އެރަށު ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެ...