ށ. ކަނޑިތީމުގައި "ކާމިޔާބީއަށްޓަކައި އިންސާނީ ރައުސްމާލުގެ ވިސްނުމާއި ޖަޒުބާތީ ސާބިތުކަން" މި މަޢުޟޫޢުގެ މައްޗަށް އަލިއަޅުވާލައި ޚާއްޞަ ސެޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ކަނޑިތީމު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެޝަންތައް ޚާއްޞަކުރެވިފައިވަނީ ކަނޑިތީމު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެ ރަށުގެ ޢާންމު ރައްޔިތުންނަށެވެ.
މީގެ އިތުރުން ށ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން "މޯޓިވޭޝަން އެންޑް ލީޑަރޝިޕް" ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވީޙުސައިން ފަރުހާދެވެ. މިކަމާ ގުޅިގެން ކައުންސިލުގެ ނަމުގައި އޭނާއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކަނޑިތީމު ދަރިވަރުންނަށް ގެންދިޔަ ސެޝަންގެ ތެރެއިން، ފޮޓޯ: ކަނޑިތީމު ކައުންސިލް
މީގެ އިތުރުން، ކަނޑިތީމުގައި "ރަށް ތައްޔާރު! ވިޔަފާރިވެރިންގެ އޮންލައިން ސައްލާ" ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މިއީ އޮސްޓްރޭލިއާ ސަރުކާރުގެ ޑައިރެކްޓް އެއިޑް ޕްރޮގްރާމްގެ ހިލޭ އެހީ އަދި އީޔޫ/ދަ އޭޝިޔާ ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ "ވިޒިޓް ކަނޑިތީމު: އަ ކޮމިއުނިޓީ ޑްރިވެން ފިއުޗާ" މަޝްރޫޢުގެ ހަރަކާތެކެވެ.
ބްލޫ ގިލްޑް ފައުންޑޭޝަނުން ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސައްލާއަކީ ކަނޑިތީމުގައި ވިޔަފާރިކުރައްވާ އަދި ވިޔަފާރިކުރަން ޚިޔާލުކުރާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ސައްލާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!