ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި ހާދިސާ ހިނގާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުގެ ހެނދުނު 08:17 އެހައިކަންހާއިރު މާލޭގެ ރަތްވިލާމަގުގަައި ކަމަށެވެ. އެވަގުތު އެމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ދެ މީހަކުވެގެން ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަޚަމްކޮށްލާފައެވެ. މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުންނެވ...