ސިއްރުން 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް އެތެރެކުރި މައްސަލައެއް ބަލަނީ
ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. ”މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތ...