ކުޅުދުއްފުށީގައި 18 އަހަރު ނުވާކުއްޖަކު ޕިކަޕެއް ދުއްވި މައްސަލައެއް
ކުޅުދުއްފުށީ ސިޓީގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ޕިކަޕެއް ދުއްވި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެންނެވެ. މި ވީޑިއޯގައި ފެންނަނީ ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސްއެއްގައި ޖެހޭ މަންޒަރުކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަން...