ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި ރަސްމީ އަތޮޅު ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
އަންގާރަ ދުވަހު ހެނދުނު ފެއްޓެވި ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 11 ރަށަކީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރެވެ.
ރައީސް ފުރަތަމަ ވަޑައިގަތީ ވާދޫ އަށެވެ. އެންމެ ފަހު މަންޒިލެއް ގޮތުގައި މިއަދު ވަޑައިގަތީ މާކުރަތަށެވެ.
މި ދަތުރުފުޅުގައި މި 11 ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް ރައީސް ވަނީ އިފުތިތާހުކޮށްދެއްވާފައެވެ.
ރައީސް ވަނީ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު މާލެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!