އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ މީހުންގެ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.
ފުލުހުން މިއަދު ބުނީ، އުމުރާ ދަތުރުތަކަށް މީހުން ގެންދާނެ ކަމަށް ބުނެ 27 މީހުންގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައެއްގައި މަޝްއަރު ގްރޫޕުގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދުނީ އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ، ކ. މާލެ / މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށެވެ.
މީގެ އިތުރުން އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑާއި، ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި، އަދި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!