މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,984 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސް މުޢިއްޒު މެއި 3 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ
Raajje

ރައީސް މުޢިއްޒު މެއި 3 ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންނަ މެއި މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މެއި 3 އަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ބޭއްވޭ ނޫސް ކޮންފަރެންސްގައި ކޮންމެ ކަހަލަ ސުވާލެއްވެސް ކުރިމަތިކުރެއްވިދާނެ ކަމަށް ރައީސް ވިދާޅު...

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ
Raajje

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލެޓް މައްސަލާގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އާއި ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ. މި މައްސަލާގައި ދައުވާ ކުރުމަށް އެދިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހް، ކުރީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީ، އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި ޙުސައިން ައިން ޒުހުރީ، މުޙައްމަދު ނާޡިމް އަދި […]

''ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް''
Parliament

''ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް''

ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި އަމިއްލަވަންތަ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ވަނީ، ކެލާ ލިލީ ހައުސް ތަރައްގީ ކުރުމުގެ މަޝްރޫޢު މާލޭގެ ހުކުރު މިސްކިތަށް ވީގޮތަށް ނުވާނެތޯ ސުވާލުކުރަށްވާފައެވެ. އަދި އެތަނަށް ކިހާވަރެއްގެ ޚަރަދެއް ކުރީ ސަރުކާރުން ކުރިތޯ […]

ހުޅުމާލޭގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
Raajje

ހުޅުމާލޭގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި

ހުޅުމާލޭ ފޭސް 2 ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް މިއަދު ބިން ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ބިން ހަވާލުކުރުމާއި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ އެ ވުޒާރާ އާއި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކުރާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. އަދި މިސްކިތުގެ ކޮންޓްރެކްޓަރ ހަމަޖެއްސުމުގެ މަސައްކަތްކުރާނ...

ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް
Business

ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް

ކ. ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ކާށިދޫ ކައުންސިލާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކަމަށެވެ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އެވެ. ކ. ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކާށިދޫ ކައުންސިލާއެކު، މިއަދު ވަނީ ފަހުމުނާމާއެއްގައި ސ...

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒް ޢައްޔަންކުރަން ރުހުންދީފި
Parliament

ސިވިލް ސަރވިސް ކޮމިޝަނަށް މުޖުތާޒް ޢައްޔަންކުރަން ރުހުންދީފި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް މއ. ސިގްމާ، މުޙައްމަދު މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާޤުންނެވެ. މުޖުތާޒް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް ފެންނަކަމަށް ވަނީ ނިންމާފައެވެ. މި މަޤާމު ހުސްވެފައިވަނީ ސިވިލް ސާވިސް ކޮމި...

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 11:58 ހާއިރުއެވެ. މި މާރާމާރީ ހިނގާފައިވަނީ މާލޭގެ ކުރިކީލަ މަގުގައެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލުގެ ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާ އަށް ފަރުވާދިނުމަށްޓަކައި އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުނ...

ޚަލީލް އާއި ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި
Raajje

ޚަލީލް އާއި ސަޢީދު ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި އިޤްތިޞާދީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު މިއަދު އިސްތަންބުލްގައި ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައިފިއެވެ. ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީ.އީ.އައި.ކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ޑީ.އީ.އައި.ކޭގެ ޗެއަރމަން އަދި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް، ނާއިލް އޮލްޕަކް އިސްވެ ހުންނެވިއެވެ. މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެނ...

މާނަވީ ގޮތެއްގައި ޤުރުއާނާ ގާތްވުމަށް ޤުރްއާނުގެ އިރުޝާދަށް ސަމާލުކަން ދޭންޖެހޭ: ސާޖިދާ
Raajje

މާނަވީ ގޮތެއްގައި ޤުރުއާނާ ގާތްވުމަށް ޤުރްއާނުގެ އިރުޝާދަށް ސަމާލުކަން ދޭންޖެހޭ: ސާޖިދާ

މާނަވީ ގޮތެއްގައި ކީރިތި ޤުރުއާނާ ގާތްވުމަށްޓަކާ ކީރިތި ޤުރުއާން ތަޖުވީދުމަގުން ރީތިކޮށް ކިޔަވަން ސަމާލުކަން ދޭ ފަދައިން ކީރިތި ޤުރްއާނުގެ އިރުޝާދަށް އަމަލުތައް ބައްޓަންކުރަން އަބަދުވެސް ސަމާލުކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިރޭ ތާޖުއްދީން ސުކޫލުގައި ބޭއްވި އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުޢާން މުބާރާތް 1446ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާ...

އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ
Raajje

އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:53 ހާއިރު ހުޅުލެ ސީޕްލޭން ޓަރމިނަލް ސަރަޙައްދުން ނުކުމެ ހައިވޭއިން ދިޔަ ވޭނަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި ސައިކަލުގައި އިން 6 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، މި ވަގުތު އެ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން...

14 އަހަރުގެ ކުއްޖަކަށް ބަރަހަނާ މަންޒަރާއި ޖިންސީ ގުނަވަން ދެއްކިކަމަށް ބުނާ މައްސަލައެއް ބަލަނީ
Raajje

14 އަހަރުގެ ކުއްޖަކަށް ބަރަހަނާ މަންޒަރާއި ޖިންސީ ގުނަވަން ދެއްކިކަމަށް ބުނާ މައްސަލައެއް ބަލަނީ

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 2022 ޖެނުއަރީ 22 ވަނަ ދުވަހު ހުށަހަޅާފައިވާ މި މައްސަލައިގެ ތަޙުޤީޤުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަޙުލީލުތައް ކޮށް އަދި 6 މީހެއްގެ […]

ޗައިނާގެ ބާޒާރަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް މަގުފަހިކުރުމަށް މަޝްވަރާތަކެއް
Raajje

ޗައިނާގެ ބާޒާރަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް މަގުފަހިކުރުމަށް މަޝްވަރާތަކެއް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ވިއްކުމަށް މަގުފަހިކުރުމަށްޓަކައި ޗައިނާގެ އިސް ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، ސަރުކާރުގެ އިސް ފަރާތްތަކާއެކު މަޝްވަރާތަކެއް ފަށައިފިއެވެ. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަށްކޮށް މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗ...

މަދީނާގެ ޙަރަމްފުޅުގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ
Raajje

މަދީނާގެ ޙަރަމްފުޅުގެ އިމާމް ޑރ. ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިއެވެ. މިކަން ހާމަކުރަށްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެ...

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި
Raajje

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ބިލު ތަސްދީޤު ކުރައްވައިފި

ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. ރައީސް މި ބިލު ތަސްދީގުކުރަށްވާފައި މި ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކުރިތާ މަދު ގަޑިތަކެއްގެ ތެރޭގައެވެ. މި ބިލަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހި...

ޕީސީބީގެ ރައީސް އަނަސްއަށް މަޖިލީހުން ރުހުންދީފި
Parliament

ޕީސީބީގެ ރައީސް އަނަސްއަށް މަޖިލީހުން ރުހުންދީފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނަސް މި މަގާމަށް އައްޔަނުކުރެއްވީ 13 މާރިޗް 2025 ގައެވެ. ގާނޫނު ބުނާ ގޮތުން އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ. އެ މަޤާމަށް އަނަސް ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ، މަޖިލީހުގެ އެސްއޯއީ ކ...