ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިފި
ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތުރުކީވިލާތުގައި ދިވެހި އެމްބަސީއެއް ޤާއިމުކޮށް، އެތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އެމްބަސީގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ، އެމްބަސީގައި ބޭއްވި ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ތާރީޚީ ފެށުމާއި ގު...