މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:53 ހާއިރު ހުޅުލެ ސީޕްލޭން ޓަރމިނަލް ސަރަޙައްދުން ނުކުމެ ހައިވޭއިން ދިޔަ ވޭނަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.

Ad
rt

މި އެކްސިޑެންޓްގައި ސައިކަލުގައި އިން 6 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، މި ވަގުތު އެ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މީގެ އިތުރުން، ސައިކަލު ދުއްވި ފަރާތަށްވެސް އަނިޔާވެފައިވާ ކަމަށާއި، އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނީ މި އެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެދާ ކަމަށެވެ.