ކ. ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ކާށިދޫ ކައުންސިލާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ކަމަށެވެ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު އެވެ.
ކ. ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކާށިދޫ ކައުންސިލާއެކު، މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި. މި ފަހުމުނާމާގައި މިކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ. އަދި ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް… pic.twitter.com/ChnuUaip7j
— STELCO (@STELCOMALDIVES) April 15, 2025
މި އެއްބަސްވުމުގެ ދަށުން، ކާށިދޫގެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް ގެންދާނެއެވެ.
ސްޓެލްކޯ އަކީ ގްރޭޓާ މާލޭގެ އިތުރުން ކ. އަތޮޅާއި، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކުގެ ކަރަންޓްގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުންޏެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!