މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,911 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހިތާދޫގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އަށް
Business

ހިތާދޫގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އަށް

ބ. ހިތާދޫގައި 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ނުވަ ވަނަ މަޒްޒިލްގެ ގޮތުގައި މިއަދު ވަނީ ހިތާދޫ އަށް ވަޑައިގެންފައެވެ. ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ރައީސްގެ މި ޒިޔާރަތުގެ ތެރެއިން، ރައީސް މުޢިއްޒު ހިތާދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ....

ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Raajje

ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ފުޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ އަށް ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަޑައިގެންނެވި ފުޅަދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެއްވިއެވ...

ފަތުރުވެރިކަމުން އާމްދަނީ ހޯދައިދިނުމަށް ފުޅަދޫ އަށް އިންނަފުށި ދެނީ
Raajje

ފަތުރުވެރިކަމުން އާމްދަނީ ހޯދައިދިނުމަށް ފުޅަދޫ އަށް އިންނަފުށި ދެނީ

ފަތުރުވެރިކަމުން އާމްދަނީ ހޯދުއިދިނުމަށް ބ.ފުޅަދޫ ކައުންސިލަށް އެ އަތޮޅު އިންނަފުށި ހަވާލުކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރި...

ފުޅަދޫގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީ ގެނެސްދޭނަން: ރައީސް
Raajje

ފުޅަދޫގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީ ގެނެސްދޭނަން: ރައީސް

ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަޒްޒިލްގެ ގޮތުގައި ރޭ ވަނީ ފުޅަދޫ އަށް ވަޑައިގެންފައެވެ. ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފުޅަދޫގެ ތަރައްގީގެ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއެކު […]

އިތުރު 269 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފި
Raajje

އިތުރު 269 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ސަނަދު ހާސިލްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުންނާއި ދެވަނަ ބުރުގައި 169 ޚަ...

''ކުދި ރަށްރަށުގައި ވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ ސިޔާސަތު''
Raajje

''ކުދި ރަށްރަށުގައި ވެސް އާބާދީއަށް އެކަށޭނަ މިންވަރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ ސިޔާސަތު''

ކޮންމެ ރަށެއްގައިވެސް އާބާދީގެ ނިސްބަތުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ފެހެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ފެހެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތަކަކީ އިޚްލާޞ...

ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
Raajje

ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ފެހެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ. ފެހެންދޫ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ހަތް ވަނަ މަންޒިލެވެ. ފުޅަދޫގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ އެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައީސް  މުޢިއްޒެވެ. މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު އެމަ...

އިސްރާއީލްގެ މީޑިއާއިން ހަގީގަތް އޮޅުވާލައި ފަތުރަނީ ޕްރޮޕެގެންޑާ: އިސްރާއީލްގެ ނޫސްވެރިޔާ ލެވީ
International

އިސްރާއީލްގެ މީޑިއާއިން ހަގީގަތް އޮޅުވާލައި ފަތުރަނީ ޕްރޮޕެގެންޑާ: އިސްރާއީލްގެ ނޫސްވެރިޔާ ލެވީ

އިސްރާއީލްގެ މީޑިއާއިން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ޣައްޒާ ހަނގުރާމައިގެ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށް އިސްރާއީލްގެ ނޫސްވެރިޔާ އަދި ކޮލަމިސްޓް ގިޑިއަން ލެވީ ބުނެފިއެވެ. 2021 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން އިސްރާއީލުގެ އެންމެ މަތީ އެވޯޑް ކަމަށްވާ ސޮކޮލޮވް އެވޯޑް ހޯދާފައިވާ ލެވީ އަލްޖަޒީ އަަށް ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ ޣައްޒާ ހަނގުރާމައިގެ މީޑިއާގެ ކަވަރޭޖު އިސްރާއީލްގެ މީޑިއާ އިން ވަރަށް ބޮޑަށް ރައްޔިތުންނަށް ހަގީގަތް ފޮރުވާފައިވާ ކަމަށެވެ. އަދި އިސްރާއީލް މީޑިއާ...

ގޮއިދޫ އަށް ވެވެފައިވާ ހުރިހާ ވަޢުދެއް ވެސް ފުރިހަމައަށް ފުއްދައިދޭނަން: ރައީސް
Raajje

ގޮއިދޫ އަށް ވެވެފައިވާ ހުރިހާ ވަޢުދެއް ވެސް ފުރިހަމައަށް ފުއްދައިދޭނަން: ރައީސް

ބ. ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވަނަ މަންޒިލުގެ ގޮތުގައި މިއަދު ގޮއިދޫއަށް ވަޑައިގެން، ގޮއިދޫ ސްކޫލުގައި ބޭއްވެވި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ރަށާ ގުޅުންހުރި ރިޔާސީ ވަޢުދުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން ރައީސް މުޢިއްޒު ވިދާޅުވި ގޮތ...

ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް ފަށައިފި
Raajje

ގޮއިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ވެސް ފަށައިފި

ބ. ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަ ވަނަ މަންޒިލުގެ ގޮތުގައި މިއަދު ގޮއިދޫއަށް ވަޑައިގެން، އެރަށުގައި އަލަށް ޤާއިމްކުރި އޭޓީއެމްގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނ...

ތުޅާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
Raajje

ތުޅާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ތުޅާދޫގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ތުޅާދޫ އެއާޕޯޓްގެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށް މިއަދު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރި...

ތުޅާދޫއަކީ ބ.އަތޮޅުގެ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް: ރައީސް
Raajje

ތުޅާދޫއަކީ ބ.އަތޮޅުގެ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް: ރައީސް

ތުޅާދޫއަކީ ބ. އަތޮޅުގެ ސަރަހައްދީ ތަރައްޤީގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަޒްޒިލްގެ ގޮތުގައި މިއަދު ވަނީ ތުޅާދޫ އަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އައު 100 ހައުސިންގ ޔ...

''އީޕީއޭ''ގެ ނަން ''އީއާރުއޭ'' އަށް ބަދަލުކޮށްފި
Raajje

''އީޕީއޭ''ގެ ނަން ''އީއާރުއޭ'' އަށް ބަދަލުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ” (އީޕީއޭ) ގެ ނަން، “އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ” (އީއާރުއޭ) އަށް މިއަދު ބަދަލުކުރައްވައިފިއެވެ. ރައީސް މި ބަދަލު ގެނެވިފައިވަނީ ޤާނޫނުއަސާސީއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މިކަން އިޢުލާން ކުރައްވާފައިވަނީ ރައީސް އޮފީހުގެ ނަންބަރު 14/2025 ދެންނެވުމުންނެވެ. މި ބަދަލާއެކު، މި އިދާރާގެ ހިންގުމުގެ އޮނިގަނޑަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން މީގެ ކުރިން ގަވަރ...

ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
Raajje

ތުޅާދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ތުޅާދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިތަނުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިކަމަށް ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަ...

އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިފި
Raajje

އޭދަފުށީ އިމިގްރޭޝަން އޮފީސް ހުޅުވައިފި

ބ. އޭދަފުށީގައި އަލަށް ގާއިމުކުރެވުނު އިމިގްރޭޝަން އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭދަފުށީގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތާ ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިއީ މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ޚިދުމަތް ފެށުނު 11 ވަނަ އަތޮޅެވ...