ސުޕަރ ކަޕްގައި އިސްރާއީލަށް ދިން މެސެޖު: ''ކުޑަކުދިންނާއި އާންމުން ޝަހީދުކުރުން ހުއްޓާލާ!''
ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގައި އަނިޔާވެރި އިސްރާއީލަށް މެސެޖެއް ދީފިއެވެ. މިގޮތުން މި ސީޒަން ހުޅުވުމަށް ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާ ދެމެދު ކުޅެވުނު ޔޫއެފާ ސުޕަރ ކަޕް މެޗުގެ ކުރިން އިސްރާއީލަށް މެސެޖެއްދީ ޣައްޒާއާ ގުޅޭގޮތުން “ކުޑަކުދިން ޝަހީދުކުރުން ހުއްޓާލާ! އާންމު ރައްޔިތުން ޝަހީދުކުރުން ހުއްޓާލާ!” މި ލިޔުން ހިމެނޭ ބެނަރެއް ދައްކާފައިވެއެވެ. “މެސެޖް ވަރަށް ސާފު، ބެނަރެއް. ގޮވާލުމެއް” ބުދަ ދުވަހު އެކްސްގ...