އިސްރާއީލްގެ މީޑިއާއިން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ޣައްޒާ ހަނގުރާމައިގެ ހަގީގަތް ވަރަށް ބޮޑަށް އޮޅުވާލާފައި ކަމަށް އިސްރާއީލްގެ ނޫސްވެރިޔާ އަދި ކޮލަމިސްޓް ގިޑިއަން ލެވީ ބުނެފިއެވެ.

2021 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން އިސްރާއީލުގެ އެންމެ މަތީ އެވޯޑް ކަމަށްވާ ސޮކޮލޮވް އެވޯޑް ހޯދާފައިވާ ލެވީ އަލްޖަޒީ އަަށް ވާހަކަދައްކަމުން އޭނާ ބުނެފައި ވަނީ ޣައްޒާ ހަނގުރާމައިގެ މީޑިއާގެ ކަވަރޭޖު އިސްރާއީލްގެ މީޑިއާ އިން ވަރަށް ބޮޑަށް ރައްޔިތުންނަށް ހަގީގަތް ފޮރުވާފައިވާ ކަމަށެވެ. އަދި އިސްރާއީލް މީޑިއާއިން ފަތުރަމުން ދަނީ "ޕްރޮޕެގެންޑާ" އެއް ކަމުގައި ލޭބަލް ކުރެވިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

Ad
rt

"އާމީ ސްޕޯކްސްމަން ކޯޓް ކުރުމަކީ ނޫސްވެރިކަންކަމަށް އިސްރާއީލްގެ ގިނަ ނޫސްވެރިން ފުރިހަމައަށް ޤަބޫލުކުރޭ! ގިނަ މީހުންނަށް ނޫސްވެރިކަމަކީ ކޮބައިކަން ނޭނގޭ! އެމީހުންނަށް އަވަހަށް ނޫސްވެރިކަން އެނގޭނެ ކަމަކަށްވެސް ނުދެކެން." އޭނާ އިތުރަށް ބުނެފަވެއެވެ.

"އަޅުގަނޑުމެންގެ މިނިވަން މީޑިއާ އިން ވޭތުވެދިޔަ 22 މަސް ދުވަހު އޭގެ މަޤްޞަދަށް ޚިޔާނާތްތެރިވެފައިވަނީ މިހާތަނަށް ދެކިފައިނުވާ އަދި ލަދުވެތި ގޮތަކަށް،" އޭނާ ބުނެފަވެއެވެ.

ލެވީ ބުނެފައި ވަނީ އިސްރާއީލްގެ ޓީވީ ބަލާ އަދި މެއިންސްޓްރީމް އިސްރާއީލްގެ ނޫސްތައް ކިޔާ އިސްރާއީލްގެ އާންމު ރައްޔިތުންނަށް ހަޤީޤަތަށް ފޮރުވިފައިވާކަމަށެވެ. އަދި އިސްރާއީލްގެ މީޑިއާއިން ދަނީ ހުއްޓުމެއްނެތި ރައްޔިތުންގެ ސިކުނޑިތައް ''ދޮވެ'' އޮޅުވާލުމުގެ ރާޅެއް ފަތުރަމުންކަމަށް އޭނާ ބުނެފަވެއެވެ.

ގިޑިއަން ލެވީ އަކީ އިސްރާއީލްގެ ހާރެޓްޒް ނޫހުގައި "ޓްވައިލައިޓް ޒޯން" ގެ ނަމުގައި ހަފްތާއަކު އެއްފަހަރު ލިޔާ ކޮލަމްއަށް މަޝްހޫރު އިސްރާއީލީ ނޫސްވެރިއެއް އަދި މުސައްނިފެކެވެ. އޭނާގެ މަސައްކަތް ފާހަގަކުރެވެނީ ފަލަސްތީނުގެ އިންސާނީ ޙައްޤުތަކަށް އަދި ވެސްޓް ބޭންކް އަދި ޣާއްޒާގައި އިސްރާއީލުން އަތްގަދަކޮށް ބިންތައް ފޭރުމާއި ފާޑުކިޔާ ނަޒަރަކުންނެވެ.

ލެވީ އޭނާގެ ނޫސްވެރިކަމުގެ ކެރިއަރ ފެށީ އިސްރާއީލް ޑިފެންސް ފޯސްގެ ރޭޑިއޯ ސްޓޭޝަނުގައި މަސައްކަތްކުރުމަށްފަހު ޝިމޮން ޕެރެސްގެ އެހީތެރިއެއް އަދި ސްޕޯކްސްމަނެއްގެ ގޮތުގައެވެ. އޭނާވަނީ 1982 އިން ފެށިގެން ހާރެޓްޒްގެ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށް، އިސްރާއީލީ ނޫސްވެރިކަމުގެ ޝަރަފުވެރި ސޮކޮލޮވް އެވޯޑް ހިމެނޭ ގޮތަށް ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

އޭނާއަށް ލިބިފައިވާ ބަލައިގަތުމާއެކުވެސް، ލެވީއަކީ އިސްރާއީލުގައި ޚިލާފު އުފެދިފައިވާ ޝަޚްޞިއްޔަތެކެވެ. އޭނާގެ ފާޑުކިޔާ ފަރާތްތަކުން އޭނާއަށް ތުހުމަތުކުރަނީ އޭނާ އަކީ އިސްރާއީލާ ދެކޮޅު ޕްރޮޕަގަންޑާ ފަތުރާ މީހެއް އަދި އެންޓި-ޒައިނިސްޓެއްގެ ގޮތުގައެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން އޭނާ ދެކެނީ މައިންސްޓްރީމް ވާހަކަތަކަށް ގޮންޖަހައި، އޮކިއުޕޭޝަންގެ ޙަޤީޤަތްތައް އިސްރާއީލްގެ ރައްޔިތުންނަށް ހާމަކުރާ ހިތްވަރުގަދަ އަޑެއްގެ ގޮތުގައެވެ. އޭނާ ހަގީގަތަށް ވާހަކަދައްކާތީ އިސްރާއީލުގައި އޭނާ އާއި މެދު ރުޅިވެރިކަން ވެސް ވަނީ އިތުރުވެފައެވެ.