ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާރަންދޫން ކެލާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ މި ދެ ރަށަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި މާރަންދޫގެ ލަނޑު ލޫތު ހުސައިން ކާމިޔާބުކޮށްދިން އިރު، ކެލާގެ ލަނޑު ޖަހައިދިނީ އިބްރާހީމް […]