Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,689 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ އުސޫލާ އެއްގޮތަށްތޯ އެކަށީގެންވާ ގޮތެއްގައި ބަލާފައެއްނުވޭ: ހދ.އަތޮޅު ކައުންސިލްގެ އޮޑިޓް
Thiladhunmathi News

1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ އުސޫލާ އެއްގޮތަށްތޯ އެކަށީގެންވާ ގޮތެއްގައި ބަލާފައެއްނުވޭ: ހދ.އަތޮޅު ކައުންސިލްގެ އޮޑިޓް

ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށް ސޯލާ ޕެނަލް ހަރުކުރުމަށާއި، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދޫކުރި 1.8 މިލިއަން ރުފިޔާގެ އެހީ ބޭނުންކުރީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށްތޯ ހދ. އަތޮޅު ކައުންސިލުން އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވާކަމަށް، އޮޑިޓް އޮފީހުން ނެރުނު ”ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް” ގައި ބުނެފިއެވެ. އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު އަތޮޅުގެ ރަށު ކައުންސިލްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށާއި ރަށްރަށުގެ...

ގޯލްޑަން ފުޓްސަލް ހއ. ފައިނަލުގައި މާރަންދޫއާއި ކެލާ
Thiladhunmathi News

ގޯލްޑަން ފުޓްސަލް ހއ. ފައިނަލުގައި މާރަންދޫއާއި ކެލާ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު ފައިނަލުގެ ޖާގަތައް މާރަންދޫ އާއި ކެލާ ކަށަވަރުކޮށްފިއެވެ. މިއީ މި ދެ ރަށްވެސް މި މުބާރާތުގެ އަތޮޅު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މާރަންދޫ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފިއްލަދޫއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާރަންދޫގެ ހުމައިދު ހުސައިން ދެ ގޯލް ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝަނީމް މޫސާއެވެ. ފިއްލަދޫގެ ހަމައެކަނި […]

ހދ.އަތޮޅު ކައުންސިލްގެ ބައެއް ތަޖުރިބާ ދަތުރުތަކުގެ މަގުސަދު ސާފެއްނޫން: އޮޑިޓް ރިޕޯޓް
Thiladhunmathi News

ހދ.އަތޮޅު ކައުންސިލްގެ ބައެއް ތަޖުރިބާ ދަތުރުތަކުގެ މަގުސަދު ސާފެއްނޫން: އޮޑިޓް ރިޕޯޓް

ހދ. އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ކޮށްފައިވާ ބައެއް ދަތުރުތަކަކީ އޭގެ މަގުސަދު ސާފުނުވާ އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނެރުއްވާފައިވާ އިރުޝާދުތަކާ ޚިލާފަށް ކޮށްފައިވާ ދަތުރުތަކެއް ކަމަށް ”ހދ.އަތޮޅު ކައުންސިލް އިދާރާގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް”ގައި ބުނެފިއެވެ. 2024 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތަކުގެ އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރު...

ދެ ކުންފުންޏަކަށާއި ދެ ޑޮކްޓަރެއްގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމަށް ދައުވާ
Raajje

ދެ ކުންފުންޏަކަށާއި ދެ ޑޮކްޓަރެއްގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމަށް ދައުވާ

ކޯވިޑް-19ގެ ޕެންޑެމިކް ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޕީ.ސީ.އާރ ޓެސްޓިންގގެ ޚިދުމަތް ދިން ދެ ކުންފުންޏެއް ކަމަށްވާ ޕައިނިއަރ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސް އިން ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި މައްސަލައަކީ ޕީ.ސީ.އާރ ޓެސްޓިންގގެ ޑިމާންޑް ބޮޑުވި ދުވަސްވަރު އެ ޚިދުމަތް ދިނުމުގައި އިސްކޮށް އުޅުނު މި ދެ ކުންފުންޏާއި، އެ ކުންފ...

އިހަވަންދޫގައި ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ނިންމާލައިފި
Thiladhunmathi News

އިހަވަންދޫގައި ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ނިންމާލައިފި

ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ ނިޔަމި ކޯސް ނިންމާލައި، ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިއީ، އިހަވަންދޫ ކައުންސިލާއި މޯލްޑްވިސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ. މިދިޔަ ޑިސެންބަރު 26-30 ގެ ނިޔަލަށްކުރިޔަށް ގެންދިޔަ މި ކޯހަކީ ނިޔަމިކަމުގެ ކޯސް ސެޓްފިކެޓް ލެވެލް 2ގެ ކޯހެކެވެ. އިހަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ‘’ތިލަދުން’’ އަށް ވިދާޅުވީ، މި ކޯހަކީ އޮޑިވެރިންގެ އެދުމުގެމަތިން މިދިޔަ މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެއްކަމަށެވެ...

ވީއައިއޭ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލާގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ވީއައިއޭ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރީ ހިންގި މައްސަލާގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ 2026 ޖެނުއަރީ 9 ވީ ބުރާސްފަތި ދުވަހުގެ ރޭ ދެބައިކުޅަ އެއްބައި (12:15) އެހާކަންހާއިރުއެވެ. މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. މި މައްސަލައިގެ ތުހުމަތުގައި ކޯޓު […]

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ: ރައީސް
Raajje

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް ނަގަހައްޓާނެ: ރައީސް

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރެވެ. ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާންމަހުގެ...

ގޯލްޑަން ފުޓްސަލް ހދ. ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެއް
Thiladhunmathi News

ގޯލްޑަން ފުޓްސަލް ހދ. ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގެ ޖާގަތައް، ނޮޅިވަރަންފަރާއި ނައިވާދޫއިން ކަށަވަރުކޮށްފިއެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް ނޮޅިވަރަންފަރުން ފުރަތަމަ ފަހަރަށް ކަށަވަރުކުރީ ސެމީ ފައިނަލުގައި ފިނޭގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އަކްރަމް އަބްދުލް ރަޝީދާއި އިބްރާޙީމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން މުޙައްމަދު ރިޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރުގެ އަކްރަމްއެވެ. ނޮޅިވަރަންފަރުން ސެމީ ފައ...

ސޮބާހް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި
Thiladhunmathi News

ސޮބާހް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި

މިއަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އެ ކައުންސިލްގެ މިހާރުގެ ރައީސް އަހްމަދު ސޮބާހް އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ. މިދައުރު ޕީޕީއެމް/ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލް ގޮނޑި ފުރުއްވަމުންގެންދަވާ ސޮބާހް އައު ދައުރަކަށް އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިއެވެ. ސޮބާހް މިއަދު ”ތިލަދުން” އަށް ވިދާޅުވީ، އޭނާ އާއި އޭނާގެ ޓީމު އިންތިޚާބުގައި ވ...

ވިލިމާލެ އައު ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ސޮއިކޮށްފި
Raajje

ވިލިމާލެ އައު ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ސޮއިކޮށްފި

ވިލިމާލޭގައި ތަރައްޤީކުރާ “ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ގެ ޢަމަލީ މަސައްކަތްތައް ފެށުމަށްޓަކައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫ އެވެ. ކޮނ...

އެކި ކަންކަމަށް ބޭނުންކުރާ ބައެއް ބޭސް ހުއްދަ ނެތި އެތެރެކޮށް ވިއްކާތީ ސަމާލުވުމަށް އެދެފި
Raajje

އެކި ކަންކަމަށް ބޭނުންކުރާ ބައެއް ބޭސް ހުއްދަ ނެތި އެތެރެކޮށް ވިއްކާތީ ސަމާލުވުމަށް އެދެފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ނުކުރާ ބައެއް ބޭސްތައް ރާއްޖެ އެތެރެކޮށް، އޮންލައިން ޕޭޖުތަކުގައި އިސްތިހާރުކޮށްގެން ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފިއެވެ. އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް ވިޔަފާރީގެ އުސޫލުން ބޭސް އެތެރެކޮށް ވިއްކޭނީ ބޭހާބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށް، ހުއްދަ ލިބިގެން ކަމަށެވެ. އަދި އެތެރެކުރާ ހުރިހާ ބޭހަކީވެސް އެ އޮތޯރިޓީން ކަނޑައަޅާފައިވާ “އެޕްރޫވްޑް ޑްރަގް ލ...

ދިއްދޫ، އިހަވަންދޫ ހިމެނޭހެން ހަތް ރަށެއްގައި އަސާސީ 23 ބާވަތް ވިއްކުމަށް އެސްޓީއޯއިން އެޖެންޓުން ހޯދަނީ
Thiladhunmathi News

ދިއްދޫ، އިހަވަންދޫ ހިމެނޭހެން ހަތް ރަށެއްގައި އަސާސީ 23 ބާވަތް ވިއްކުމަށް އެސްޓީއޯއިން އެޖެންޓުން ހޯދަނީ

އެސްޓީއޯއިން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ރަށްރަށުގައި ވިއްކުމަށްޓަކައި އެޖެންޓުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ. މި ބުރުގައި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ހަތް ރަށެއްގެ ވިޔަފާރިވެރިންނަށެވެ. އެޖެންޓުން ހޯދާ ރަށްތައް އެސްޓީއޯއިން އެޖެންޓުން ހޯދުމަށް ނިންމާފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހއ. އިހަވަންދޫ، ރ. އަލިފުށި، ރ. ދުވާފަރު، ޅ. ނައިފަރު، ލ. ގަމު އަދި ގދ. ގައްދޫ އެވެ. މި ރަށްތަކުގެ ވިޔަފާރިވެރިންނަށް އެޖެންޓު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާ...

ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް
Thiladhunmathi News

ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް

ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އިސްނަގައިގެން، އެ ރަށުގެ ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ. ހދ. ޕޮލިހުން ބުނިގޮތުގައި ނިމިދިޔަ ހަފްތާގައި ފެށި މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމާއި، ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުން ދެކޭގޮތް ބަލަމުންދެއެވެ....

ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރާނަން: ޖަލީލު
Raajje

ސިޔާސީ ވިސްނުމަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރާނަން: ޖަލީލު

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ސިޔާސީ ވިސްނުމަށް ނުވަތަަ ގިންތިއާއި ފަންތިއަށް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަަމަކަމާއެކު ހިދުމަތްކުރައްވާނެ ކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ. ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކަށް އިންތިހާބުވުމުގެ ދަތުރު ފައްޓަވަ...

މޫސާ އަލީ ޖަލީލަކީ ''ކޫރުމެއްވެސް އަޅުވާނުލެވޭފަދަ'' ސަޚްޞިއްޔަތެއް: ފަލާހް
Raajje

މޫސާ އަލީ ޖަލީލަކީ ''ކޫރުމެއްވެސް އަޅުވާނުލެވޭފަދަ'' ސަޚްޞިއްޔަތެއް: ފަލާހް

މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ މަގާމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އެއްވެސް ކޫރުމެއް އަޅުވާނުލެވޭ ފަދަ ސާފު ސަޚްޞިއްޔަތެއް ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަލާހް މިހެން ވިދާޅުވީ ރޭ ބޭއްވި ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވ...