އަމީން މަރުވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ ތެރޭގައި އޭގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ދަށުވެގެން''
ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ފަހުގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި އަމީން މިއާ މަރުވުމަށް މެދުވެރިވީ އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައިކަން މިހާތަނަށް ތަހްގީގަށް ވަނީ ހޯދިފައެވެ. މި ހާދިސާ ހިނގާފައިވަނީ 26 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީ...