އެސްއީޒެޑްގެ ދަށުން ނ.އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ ބިންގާ އަޅައިފި
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ހިންގާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިގޮތުން ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައި ތަރައްޤީކުރާ ‘އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް’ މަޝްރޫޢުގެ ބިންގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އަޅުއްވައިދެއްވައިފައެވެ. މިއީ އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަ...