ރައީސް ޖަރުމަނުވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް، ރައީސް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. މި ފެބްރުއަރީ މަހުގެ 9 އިން 13 އަށް ކުރެއްވުމަށް ނިންމަވާފައިވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު، ޖަރުމަނ...