Skip to main content

މުޙައްމަދު ޝިހާބް

Viewer
🇲🇻 ތިލަދުން Desk
59 Stories
10 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު ޝިހާބް

ސިޔާސީ ފިކުރުގެ ތަފާތުތަކުން އަރައިގަތުން (1)
Column

ސިޔާސީ ފިކުރުގެ ތަފާތުތަކުން އަރައިގަތުން (1)

ސިޔާސީ ފިކުރު އުފެދިގެން އަންނަނީ ވަކި މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ ވަކި މައިގަނޑު އަމާޒަކަށް ނިސްބަތްވެގެންނެވެ. ސިޔާސީފިކުރުގެ ބައިގަނޑެއް ނުވަތަ ޕޮލިޓިކަލް ފެކްޝަނެއްގެ މައިގަނޑު މަސައްކަތަކަށް ވާނީ ވަކި ސިޔާސަތެއް ނުވަތަ ސިޔާސަތަކަށް ބާރުދޭ ގޮތްތަކެއް ކުރިއެރުވުމާއި އެނޫން ސިޔާސަތުތަކަށް ޖާގަނުދިނުން، އަދި ވަކި މީހަކަށް ނުވަތަ ބަޔަކަށް ވެރިކަން ނުވަތަ ނުފޫޒާއި ބާރުގަދަ މަގާމުތައް ހޯދާދިނުމެވެ. ސިޔާސީ ފިކުރު ބޮޑަށް އެނބުރޭނީ ވަކިމީހެއް ނުވަތަ ބައެއްގެ ވަށައިގެންނެވެ. އެމީހުން އެމީހުންގެ ޚި...

އަނެކުންގެ އިތުބާރު… ތިމާގެ ކުރިއެރުން!
Column

އަނެކުންގެ އިތުބާރު… ތިމާގެ ކުރިއެރުން!

އަޅުގަޑުމެންގެ ވަށައިގެންވަނީ ހުސްވުމެއްނެތް ގޮންޖެހުންތަކެވެ. މާއްދީގޮތުން ހުރި ގޮންޖެހުންތަކާ ނަފްސާނީގޮތުން ހުރި ގޮންޖެހުންތަކެވެ. މިއިން ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް ތިމާގެ ނަފުސުގެ މައްޗަށް ބާރުގަދަވުމަކީ ބޭނުންތެރިކަމެކެވެ. ނަފުސުގެ ދުޅަހެޔޮކަން، އެހެންގޮތަކަށް ބުނަނީނަމަ، ސެލްފް އެސްޓީމް އާއި ސެލްފް ކޮންފިޑެންސަކީ، ތިމާގެ ކުރިމަތީގައި ހުރި ހުރަސްތައް ގިރާކޮށް ކާމިޔާބީގެ އައްސޭރިޔަށް ގެންގޮސްދޭ މިތުރެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރާއި ޔަގީންކަަމަކީ އަޅުގަޑުމެން ކޮންމެ އ...

ވަކަރުގޭ ދަރީން ވާނީ ހަމަ، ވަކަރުގޭ ދަރީންނަށެވެ!
Column

ވަކަރުގޭ ދަރީން ވާނީ ހަމަ، ވަކަރުގޭ ދަރީންނަށެވެ!

މީހަކަށް އަޅުގަޑުމެން ދޭ ޖާގަޔަކުން ނުވަތަ މަގާމަކުން ނުވަތަ ހަވާލުކުރާ ވަޒީފާއެއްގެ ސަބަބުން އެމީހާގެ ކަންކަމަށް ބަދަލު އަތުވެދާނެކަމަށް ގަބޫލުކުރެވުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް، އެއީ މުޅިން ތެދެއް ނޫނެވެ. އިންސާނީތަޖުރިބާއިން ދައްކާ ހަގީގަތަކީ އެއީއެވެ. އަޅުގަޑުމެންނަށް އާ ގާނޫނުއަސާސީން ލިބުނު މިނިވަންކަމާއި ގުޅިގެން އުންމީދުކުރެވުނު ތަހުޒީބާއި އެންމެބޮޑަށް ގުޅިފައިވާ އެއް ވިސްނުމަކީ މިއީއެވެ. އެހެންކަމުން، މިގާނޫނުއަސާސީގެ ދަށުން ބޭއްވި އިންތިޚާބުތަކުގައި މީހުން ހޮވުމަށް ވޯޓުދިނުމުގައ...

ހިތްދަތިކަމުގެ ރަހަ… ހާލަތު ބަދަލުކުރެވޭނެއެވެ!
Column

ހިތްދަތިކަމުގެ ރަހަ… ހާލަތު ބަދަލުކުރެވޭނެއެވެ!

ހިތްދަތިކަމުގެ ރަހަ ދުށިން ހެއްޔެވެ؟ އެއީ ހާދަ އަސަރުގަދަ ރަހައެކެވެ. ގޮސްހުސްވެ، ހަތަރު އުދަރެސް ފެނުޖެހި، އުޑުބޮލަށް ވެއްޓުމުގެ އިހުސާސް ކުރެވޭ ވަގުތު އެލާ ރަހަޔަކީ ހިތްދަތިކަމުގެ ހަގީގީ ރަހައެވެ. އެވަގުތު، އިންސާނާގެ ތަބީއީ “ރިފްލެކްސް” ނުވަތަ ފިކުރަކާ ނުލާ ގެނެވޭ ވިސްނުމާއި ހަރަކާތުގެ މައްޗަށް ބާރު ނުފޯރުވިއްޖެނަމަ، ހިތްދަތިކަމުގެ ހަގީގީ ރަހައިގެ ތެރެއަށް ތާއަބަދުގެ އަބަދަށް މީހާ ގެނބިގެން ދެއެވެ. އެ ހިނދުކޮޅަކީ އިންސާނީހަޔާތުގެ އިމްތިހާނުގެ އެންމެ އުސްކުންނެވެ. ހިތްދަތިކަން އުފެދިގެން އަންނ...

ކީއްވެބާ؟ ކިހިނެތްބާ؟
Column

ކީއްވެބާ؟ ކިހިނެތްބާ؟

އުފާފާގަތި މުސްތަގުބަލަކަށް ވާސިލުވެވޭނެގޮތް އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ކޮންމެ ޖަމާއަތަކަށްވެސް، ހަމައެހެންމެ ކޮންމެ ގައުމަކަށްވެސް އެބައޮތެވެ. އެއީ މާތްﷲ އިންސާނުންނަށް ދެއްވި އެންމެބޮޑު ނިއުމަތުގެ ބޭނުންހިފައިގެންނެވެ. އާދެ، އެއީ އިންސާނާގެ ބުއްދިއެވެ. ބުއްދިއަކީ މާތްﷲ ދުނިޔޭގައި ލެއްވި ނިއުމަތްތަކުގެ ތެެރެއިން ހުސްނުވާ އަދި ވަކިމިންވަރެއްނެތް ހަމައެކަނި ނިއުމަތެވެ. އިންސާނާގެ ބުއްދީގެ މިންވަރެއްނެތެވެ. ހުސްވުމެއް ނެތެވެ. މިނިއުމަތުގެ ބޭނުން ހިފައިގެން، އެމީހަކަށް ނުވަތަ އެބަޔަކު ހިމެނޭ...

ނުކުޅެދުންތެރިކަމަށް ހަޖޫނުޖަހަމާ!
Column

ނުކުޅެދުންތެރިކަމަށް ހަޖޫނުޖަހަމާ!

ބައެއް މީހުން، މީހަކާމެދު ނުވަތަ ބަޔަކާމެދު އެމީހުންގެ ހިތުގައި އުފެދޭ ނުރުހުމުގެ ނުވަތަ ރުޅިވެރިކަމުގެ ޝުއޫރު ހާމަކުރުމުގެ ގޮތުން، ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅުވައިގެން، އެމީހަކަށް ނުވަތަ އެބަޔަކަށް މަލާމާތް ކުރެއެވެ. މިއީ އަޅުގަޑުމެންގެ ސަގާފަތުގައި ޒަމާނުއްސުރެ އެކަން އޮންނަ ގޮތެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް، ތަމްސީލު ކުޅެއުޅޭއިރު، ހެއްވާބައި ބިނާކޮށްފައި އަބަދުވެސް އޮންނާނީ ބުއްދީގެ ނުކުޅެދުންތެރިކަމެއް ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްގެ ވަށައ...

ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ.
Column

ހަގީގަތް މިއަދު އެނގުނުއިރު، ހައްގަކީ ވެސް ބޮޑު ވިޔަފާރިއެކެވެ.

އަހަރެމެން މިއަދު މިވަނީ ތަހުޒީބުގެ އާ މަރުހަލާއަކަށް އާދެވިފައެވެ. މިއީ ވަރަށް އާދަޔާ ޚިލާފު މަރުހަލާއެކެވެ. ނުބައި ރަގަޅު ވެއްޖެއެވެ. ނުފޫޒުގަދަ މީހެއްގެ މައްޗަށް ކޯޓަކުން ކަމެއް ސާބިތުނުވާނެ މިމަރުހަލާގައި، ކުށެއްކަމުގައި ވަނީ ހަމައެކަނި ކޯޓަކުން ސާބިތުވާ ކަމެއް އެކަންޏެވެ. ކޯޓަކަށް ދިޔުމުގެ ކުރިން ކަންކަން ސާބިތުކުރުމަށް، އާންމުކުރެވޭ ބައްދަލުވުމެއްގައި އިންޓެލިޖަންސް ރިޕޯޓެއް އެބައޮތް ކަމަށް ފުލުހަކުބުނުން ފުދެއެވެ. އިއްޔެ ވަރަށް ގިނަ ކަންކަމަކީ ހައްގުގެ މަގަށް ރުޖޫއަވުމަށް ކުރެވުނު މަގެވެ....

އަބުރާއި އިއްޒަތް… ދިވެހިންނަށް ނެތް ޝަރަފެއް!
Column

އަބުރާއި އިއްޒަތް… ދިވެހިންނަށް ނެތް ޝަރަފެއް!

އަޅުގަޑުމެން ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮވެއެވެ. އެއީ އަޅުގަޑުމެން ކޮންމެ މީހަކުވެސް ހިތުގެ އެންމެފުންމިނުން އަގުކުރާ އެއްޗެކެވެ. ތިމާގެ އަބުރާ އިއްޒަތަށް އަރައިގެންފިނަމަ، އެމީހެއްގެ ފެންވަރުންނާއި ގާބިލުކަން ހުރި އެންމެ މަތީދަރަޖައަކަށް އޭގެ ދިފާއުގައި ނިކުތުމަކީ އިންސާނީ ތަބީއަތެވެ. އެއީ އެމީހެއްގެ ހައްގެކެވެ. ދިވެހިންގެ ތެރޭގައި މުނިފޫހިފިލުވުމުގެ މާގިނަ ކަންތައްތަކެއް ނޯވެއެވެ. އެހެންކަމުން، މުނިފޫހިފިލުވުމުގެ ގޮތުން ފިނިމައިޒާންތަކާއި މިޒަމާނުގައި ކޮފީމޭޒުތައް ދޮށުގައި މީހުނ...

މިއަދު ގިނަމީހުން މިދައްކަނީ އެންމެހަރުކަށި އަދަބު ދިނުމުގެ ވާހަކައެވެ. ދަންނަވަންތޯއެވެ.
Report

މިއަދު ގިނަމީހުން މިދައްކަނީ އެންމެހަރުކަށި އަދަބު ދިނުމުގެ ވާހަކައެވެ. ދަންނަވަންތޯއެވެ.

މިއަދު މީހުން ރުޅިއައިސްގެން ކެކިއުތުރު އަރަނީއެވެ. އެއީ ގަބޫލު ކުރެވޭ ކަމެކެވެ. ޖަޒުބާތުގެ ހަތްދުވަސް މިފެށުނީއެވެ. ހިނދުކޮޅަކުން އެކަން ހިނދި ނިމި ހިނގައިދާނެއެވެ. އެއީ މިހާތަނަށް ކަން ހިނގާފައިވާ ގޮތެވެ. މިއަދު ގިނަމީހުން މިދައްކަނީ އެންމެހަރުކަށި އަދަބު ދިނުމުގެ ވާހަކައެވެ. އެއީ ވެސް އަޑުއުފުލަންޖެހޭ އަޑެކެވެ. އެކަމަކު ދަންނަވަންތޯއެވެ. ކުޑަކުއްޖެއްގެ ގޮތުގައި ޖިންސީ ޝިކާރައިގެ ވިކްޓިމްއަކަށްވި ފަރާތެއްގެ ގާތުން އަޅުގަޑު އެވާހަކަ އަހާލީމެވެ. އޭނާބުނިގޮތުގައި އެންމެ ބޭނުންވަނީ އެއަނިޔާވެރިޔާ...

މިރަންނަމާރީގެ ފުށުން ދިވެހި ކުޑަ ކުދިން ސަލާމަތްކޮށްދެއްވާ!
Report

މިރަންނަމާރީގެ ފުށުން ދިވެހި ކުޑަ ކުދިން ސަލާމަތްކޮށްދެއްވާ!

އެނގިވަޑައިގަންނަވާތޯއެވެ. މިއަދު އަޅުގަޑުމެންގެ ދިވެހިރާއްޖެއަށް މިވަނީ 10 ގަރުނުގެ ކުރީގެ ހާލަތަށްވެއްޓި ގައުމުގެ ޅަދަރިން ހިމާޔަތްކޮށްދޭނެ އަބުލްބަރަކާތުލް ބަރުބަރީއަކަށް ބޭނުންވެފައެވެ. އާދެ! މިޒަމާނުގެ، ނުވަތަ 21 ވަނަ ގަރުނުގެ ރަންނަމާރީގެ ފުށުން ދިވެހިރާއްޖޭގެ ކުދިން ސަލާމަތްކޮށް މިނިވަންކޮށްދޭނެ ފަރާތަކަށެވެ. މީގެ އެއްހާސް އަހަރުކުރިން އޭރުގެ ރަސްގެފާނާއި އޭނާގެ ގާތްމީހުން، ނިކަމެތިކަމުގައި ތިބި ރައްޔިތުންގެ ހިތަށް ބިރުވެރިކަން ވައްދާފައި ބައިތިއްބައިގެން، އެމީހުންގެ ޅަދަރިން އެބައިމީހުން...

Column

ދިރާސީ އާއަހަރަކީ ފުރައްސާރައާއި ގަނާކުރުމުން ކުދިންނަށް ރައްކާތެރިކަން އޮތް އަހަރަކަށް ހެދުމަށް މަސައްކަތް ކުރަމާތޯ

މިފެށޭ ހަފްތާގައި ސްކޫލްތަކުގެ ކިޔެވުން ފެށޭނެއެވެ. ދަރިވަރުން އާއަހަރަކަށް ސްކޫލަށް ދާން ފަށާނެއެވެ. އެކުދިން އާތަޖުރިބާތަކެއް ކުރާނެއެވެ. އާރަހްމަތްތެރިންނާ ދިމާވެ ގުޅުން އުފެދޭނެއެވެ. އާކަންތައްތައް އުނގެނި ދަސްކުރާނެއެވެ. ހަމައެކަނި ފޮތަކުން ނުވަތަ މުދައްރިސް ދޭ ފިލާވަޅުތަކަކުން ނޫނެވެ. އެކުދިންގެ ތަޖުރިބާތަކުން އުނގެނުމަކީ ކުދިން އެންމެ ހަނދާންހުންނާނެ ތަޖުރިބާތަކެވެ. އެހެންކަމުން މުދައްރިސުންނާ މައިންބަފައިން މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. ކުރިއަށް މިހިނގާ އަހަރު އެކުދިން ކުރާ ތަ...

ނުރުހުމާއި ނަފުރަތު…!
Report

ނުރުހުމާއި ނަފުރަތު…!

ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ކެނޑެއެވެ. އަދި އަމުދުން ގާތްމީހެއްނަމަ، އެނަފުރުގެ ޖަޒުބާތުން އެމީހާގެ ސިކުނޑީގައި އަނެކާއަށް ނިކަމެތިކަމާއި ދެރަކަން ލިބުމަށް އެދުންވެރިވުމުގެ ޝުއޫރުތައް އުފެދެން ފަށައެވެ. ފަހުން އައިސް އެ ޖަޒުބާތު ބަދަލުވެގެންދަނީ އެންމެ މަތީދަރަޖައިގެ ހިތްދަތިގޮތްތައް އެމީހަކަށް މެދުވެރިކުރުވުމުގެ އެދުމަށެވެ. ނުރުހުން އުފެދިގެން އަންނަނީ ދެމިގެންދާ ހިތްހަމަނުޖެހ...

ދިވެހިންގެ ކިބައިން ގެއްލެމުންދާ އިންސާނިއްޔަތުކަމާއި އަޚުލާގު…
Column

ދިވެހިންގެ ކިބައިން ގެއްލެމުންދާ އިންސާނިއްޔަތުކަމާއި އަޚުލާގު…

މީހަކު ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ ބާއްވާފަ އޮތީ ހޮސްޕިޓަލުގެ އޮބްޒަރވޭޝަން ގައެވެ. މުޅިތަންވަނީ ތޮއްޖެހިފައެވެ. ޑޮކްޓަރުންވެސް އެހިސާބަށް ގޮސް ހަދަންޖެހުނީ މީހުން ދުރުކޮށްގެންނެވެ. ހާޓްއެޓޭކް ޖެހިފައިއޮތް މީހާގެ ވަރަށް ގާތް ރަހްމަތްތެރިބަޔަކު އެތަނުގައި ތިއްބެވެ. އެއިގެތެރެއިން މީހަކު ބުންޏެވެ. “އޭ! އަދި މިއީވެސް އެއްޗެއް ތަތްކޮށްލަންޖެހޭ ތަނެއްނު!” އޭނާ މިހެން ބުނެލީ ބަލިމީހާގެ ގައިގެ އެތަންމިތަނުގައި ބަލިމީހާގެ ވައިޓަލް ސައިންތައް (ހާލުއަންގައިދޭ ތަފާތު ވަޒަންތައް)...

Column

"ސަލާންޖަހާ ޒުވާނުން" ގިނަވަނީ!

ރޭގެ އިރާކޮޅު އަޅުގަޑު ސޯސަންމަގުން ހިނގާލާފައި އަންނަނިކޮށް ދިމާވި ޒުވާނެކެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ވަރުދެރަވާގޮތްވެލާފައެވެ. އަޅުގަޑާ އަރާހަމަވެލާފަ މަޑުކޮށްލުމަށްފަހު ބުނެލިއެވެ. “ބޭބޭ. ވަރަށް ބޮޑު ކަމަކު ބުނެލަންވެގެން.” ކޮންކަމެއްކަން ލަފާކުރެވުނު ނަމަވެސް ކޮންކަމެއްތޯ އަހާލީމެވެ. ޖަވާބުލިބުނީ ހީކުރިގޮތަށެވެ. “ބޭބެ. މިއުޅެނީ ވަރަށް ބަނޑުހައިވެގެން. ސައިތަށްޓެއް ބޯލަން ރުފިޔާއެއް ލިބިދާނެތަ!” ކަންދިމާވިގޮތުން މަހުގެ ފަހުކޮޅު ކަމަށްވުމާއި އެކު މިވަގުތު އަތުގައި ބާކީފައިސާއެއް ނެތްކަމ...

އަނިޔާ އިތުރުވުމަށް ޒިންމާވާނީ ކާކު؟
Column

އަނިޔާ އިތުރުވުމަށް ޒިންމާވާނީ ކާކު؟

މީހަކު އަޅުގަޑާ ސުވާލު ކުރިއެވެ. ކުޑަކުދިންނަށް ޖިންސީގޯނާއާއި އަނިޔާކުރުން މިދަނީ އިތުރުވަމުންނެވެ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިހެއްޔެވެ. އަޅުގަޑު ދިން ޖަވާބު ދަންނަވާލާނަމެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަޑުމެން އެންމެންގެ ޒިންމާއެކެވެ. ކުދިންނަށް ކުރާ އަނިޔާއާއި ގޯނާ އިތުރުވަނީތޯ ނުވަތަ ހޭލުންތެރިކަން އިތުރުވެ، އަނިޔާއާއި ދެކޮޅަށް ތެދުވުމާއި ވަކާލާތު ކުރުމުގެ ހިތްވަރުލިބި، ރިޕޯޓު ކުރުން އިތުރުވީ މިންވަރުގެ ސަބަބުން ރިޕޯޓުކުރުން އިތުރުވި މިންވަރު ދެނެގަންނަން އެބަޖ...