ނުރުހުމާއި ނަފުރަތު…!

884CE2FD-45B7-413D-BBF1-03053C41A8A0

ނުރުހުމަކީ ވަރަށް ބާރުގަދަ ޖަޒުބާތެކެވެ. ދެމިގެންދާ ނުރުހުން ބަދަލުވަނީ ނަފުރަތަށެވެ. މީހަކާމެދު ނަފުރަތު އުފެދުމުން އިންސާނަކަށްވީތީ އޮންނަ ރަހުމު ކެނޑެއެވެ. އަދި އަމުދުން ގާތްމީހެއްނަމަ، އެނަފުރުގެ ޖަޒުބާތުން އެމީހާގެ ސިކުނޑީގައި އަނެކާއަށް ނިކަމެތިކަމާއި ދެރަކަން ލިބުމަށް އެދުންވެރިވުމުގެ ޝުއޫރުތައް އުފެދެން ފަށައެވެ. ފަހުން އައިސް އެ ޖަޒުބާތު ބަދަލުވެގެންދަނީ އެންމެ މަތީދަރަޖައިގެ ހިތްދަތިގޮތްތައް އެމީހަކަށް މެދުވެރިކުރުވުމުގެ އެދުމަށެވެ.

ނުރުހުން އުފެދިގެން އަންނަނީ ދެމިގެންދާ ހިތްހަމަނުޖެހުމުގެ ތެރެއިންނެވެ. އެއީ އިންސާނީ ތަބީއަތެވެ. ހަމައެފަދައިން އެއްއިންސާނަކު އަނެއް އިންސާނަކާ މެދު ނުރުހުން އުފެދެން ދިމާވަނީ، ގަސްތުގައިިވިޔަސް ނުވަތަ ގަސްތަކާ ނުލާ ވިޔަސް އެމީހާގެ ހިތުގައި ޖެއްސުމުންނެވެ. ނުވަތަ ޖެއްސިގެންނެވެ.

އެހެންކަމުން، އަޅުގަޑުމެންގެ ދިރިއުޅުމުގައި އަނެކުންގެ ހިތުގައި ނުޖެއްސުމަށް ވިސްނުން ބެހެއްޓުމަކީ ފާގަތިކުރިމަގަކަށް އުންމީދުކުރާ ކޮންމެ މީހަކު ވިސްނަންވީ ކަމެކެވެ. އުފާވެރި ކުރިމަގަކަށް މަގުފަހިކުރުމަށްޓަކައެވެ. އިންސާނީ ނަސްލު އަމާންއޮމާންކަންމަތީ ދެމިގެންދިޔުން އޮތީ ނުރުހުމާއި ނަފުރަތުން އެއްކިބާވެގެންވާ މުޖުތަމިއު ތަކެއްގެ މައްޗަށް ކަމަށްވާތީއެވެ.

އަޅުގަޑުމެން ދިވެހިންނަކީ އުފާވެރި ކުރިމަގެއް ލިބިދާނެ ބައެކެވެ. އެއްބަހަކުން ވާހަކަދައްކާ، އެއްދީނެއްގެ، އެއްނަސްލެއްގެ ބަޔަކަށް ވީތީއެވެ. އެހެނަސް، ދެމިގެންދާގޮތަށް އަނެކާގެ ނުރުހުން ލިބޭގޮތަށް މީހުންގެ ހިތުގައި ޖެއްސުމަކީ އަޅުގަޑުމެންގެ ސަގާފަތުގެ ބައެއްކަމުގައިވީތީ، އެ އުފާވެރި ކުރިމަގު މިއޮތީ އަޅުގަޑުމެންނާ ވަރަށް ދުރުގައޭ ހިތަށް އަރައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށްތެދުބާހަކައެއް ޚުދުއަހަރެންނަކީވެސް މިހެންދިމާވެ ވަރަށްއެކުވެރިއަކާއި ވަކިވެފައިވާމީހެއް.
    އަހަރެންނަކީ މެދޔރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހެއް އަހަރެންގެ ރައްޓެއްސެއްގެ ފާރާތުން ރައްޓެހިކަން އުފެދިފައިވާ މާލޭގެ ވަރަށްވަރުގަދަ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ މީހެއް އެއީ
    އެއާއިލާގެ އެއްމެންވެސް އަހަރެންނަށް ވަރަށްރަނގަޅު އަދި އަމުދުން ބޮޑާކަމެއް ކަންދެއްކުމެއްނެއް އާއިލާއެއް އެއީ
    މައްސަލައަކަށްވީ އަހަރެން ތާއީދު ކުރަނީ އަދާލަތު ޕާޓީއަށްވުން.
    އަހަރެންނަކީވެސް އަމިއްކަންކަން ވަރަށް މިނިވަންކޮން ގެންދަން ބޭނުންވާމީހެއް
    މިކަމާ ހިތްހަމަނުޖެހިގެން އަހަރެން އެއާއިލާގެ އެއްމެންގެ ޙާޒިރުގައި ދީނީޢިލްމްވެރިންނަށް ނިސްބަތްކޮށް ކީއެއްޗެއްގެ ސަބަބުން ވަރަށްދެރަވި އަދި ވަރަށް ހިތަށްތަދުވި އަހަރެން ހިތުގައި ވަގުތުން ކަނޑައެޅިން އެފަދަ ދެވަނަފުރުޞަތެއް ނުދިނުމަށް
    މަހެއްހާދުވަސް ފަހުން އަހަރެން އިސްވެސަލާމްކުރިން އެހެނަސް ވަރަށްގިނައި ދައުވަތުދޭ އެގެއަށް ދިއުމަށް ނަމަވެސް އަހަރެން އެރޭނިކަމެތިކޮށްލިވަރު ހިތައްއަރާފަ ދާންބޭނުންނުވަނީ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *