•  
  •  
  •  
  •  
  •  
  •  

އެނގިވަޑައިގަންނަވާތޯއެވެ. މިއަދު އަޅުގަޑުމެންގެ ދިވެހިރާއްޖެއަށް މިވަނީ 10 ގަރުނުގެ ކުރީގެ ހާލަތަށްވެއްޓި ގައުމުގެ ޅަދަރިން ހިމާޔަތްކޮށްދޭނެ އަބުލްބަރަކާތުލް ބަރުބަރީއަކަށް ބޭނުންވެފައެވެ.

އާދެ! މިޒަމާނުގެ، ނުވަތަ 21 ވަނަ ގަރުނުގެ ރަންނަމާރީގެ ފުށުން ދިވެހިރާއްޖޭގެ ކުދިން ސަލާމަތްކޮށް މިނިވަންކޮށްދޭނެ ފަރާތަކަށެވެ. މީގެ އެއްހާސް އަހަރުކުރިން އޭރުގެ ރަސްގެފާނާއި އޭނާގެ ގާތްމީހުން، ނިކަމެތިކަމުގައި ތިބި ރައްޔިތުންގެ ހިތަށް ބިރުވެރިކަން ވައްދާފައި ބައިތިއްބައިގެން، އެމީހުންގެ ޅަދަރިން އެބައިމީހުންގެ އުފަލާއި އަރާމަށްޓަކައި ބޭނުންހިފަމުން ގެންދިޔައެވެ.

އެކަން ހުއްޓުމަށްޓަކައި މިބައިމީހުންގެ ހިތަށް ބިރުވެރިކަން ވައްދާ، ކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްކަން މިންވަރުކުރެއްވުމަށް މާތްﷲ މިންވަރު ކުރެއްވީ، ބުރާރުވާހަކައިގައި އެބުނާ އަބުލްބަރަކާތުން ބަރުބަރީއެވެ.

މިއަދު އޭގެ ގާތްގަޑަަކަށް އެއްހާހެއްހާ އަހަރުފަހުން، ދިވެހި ކުޑަކުދިން މިތިބީ މިގަރުނުގެ ރަންނަމާރީގެ ފުށުން އެކުދިން މިންޖުކޮށްދޭނޭ ފަރާތަކަށް ބޭނުންވެފައެވެ. މިއަދު “ރަންނަމާރި” އަކީ އެއިރުހެން ރަސްގެފާނާއި އޭނާގެ ގާތްމީހުނެއް ނޫނެވެ. މިއަދުގެ ރަންނަމާރިއަކީ، އިންސާނީތަޖުރިބާއާއި ތަހުޒީބުން އެއްކިބާވެފައިތިބި އެތައްބައެކެވެ. އެމީހުންގެ ހިތުގައި އޮތީ ހަމައެންމެ ކަމެކެވެ. އެމީހުންގެ އުފަލާއިއަރާމު އެކަންޏެވެ. އަދި އެކަމަށްޓަކައި އެމީހުން ބޭނުންވަނީ ކުޑަކުދިންނެވެ.

މިބައިމީހުން ރަންނަމާރިއަކަށް ބަދަލުވީ، ރާއްޖެއަކީ ގާނޫނެއް ގަވައިދެއް ހަމައެއްލަމައެއް ނެތްތަނެއްގެ ގޮތުގައި މީހުންގެ ހިތުގައި އަށަގަނެ، އެވިސްނުމާއި ފިކުރު އާންމުވުމުގެ ސަބަބުންނެވެ. އެއްހާސްއަހަރު ކުރިން، ރަންނަމާރި ކަސްތަޅުއެޅުވި ހިދާޔަތުގެ އަލިކަން ގައުމުގެ ބޮޑުބައިން ފަނޑުވެ އެއަލިކަން މުޅީން ގެއްލިގެން ދިޔުމުންނެވެ.

މިއަދު އަޅުގަޑުމެން މިވަނީ އާއަލިކަަމަކަށް ބޭނުންވެފައެވެ. މިރަންނަމާރި ފަސްޖެހި ޖެހިލުންވާނެ އަދި އަނެއް އެއްހާސް އަހަރަށް މިގައުމުން ފައިބައިގެންދާނެ ވަރުގެ ބިރަކާއި ސިހުމެއް މިރަންނަމާރިއަށް ދޭނެ ހަރުއަޑަކުންނެވެ.

1 ޚިޔާލު

  1. ކަލޭމެންނަށް ކިހިނެތް ވެފާތަ މިހިރީ؟؟؟

Your email address will not be published.

More in ރިޕޯޓް