ގެސްޓްހައުސް ހުންނަ ރަށްތަކުން ކަރަންޓީން ނުވެ ދަތުރުކުރެވޭނެ 6 ޙާލަތެއް
ގެސްޓްހައުސް ހިންގާ ރަށްތަކާއި، އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭ 6 ހާލަތެއް ވާކަމަށް، އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްތަކުން އެހެން ރަށްތަކަށް 6 ހާލަތެއްގައި ދަތުރުކުރެވޭނެކަމަށެވެ. “ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެ...