ބޯޑަރު ހުޅުވާލި ފަހުން 18،867 ފަތުރުވެރިން ޒިޔާރަތް ކޮށްފި
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 18،867 ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ހާމަ ކުރެއްވި ތަފާސްހިސާބުން ދައްކާގޮތުން ހުސްވި ސެޕްޓެމްބަރުގެ ނިޔަލަށް 18،867 ފަތުރުވެރިން ރާއްޖައަށް ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން ހުސްވި ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީ ރަޝިޔާއެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިންގެ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ރަޝިޔާއިން ވަނީ 2065 ފ...