ކެލައިން ފެނުނު ގަހުގެ ނަމަކަށް ''ކެލަވަކި"
ހއ. ކެލާ ކުޅިން ފެނުނު ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަސްތަކުގެ ލިސްޓުގެ ކުރީގައި އުޅޭ “ބުރުގެރިއާ ހެނެސީ” ގަހަށް ”ކެލަވަކި” ނަން ދީފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން ބުނީ ރާއްޖޭގައި ”އަލަށް ރެކޯޑް ކުރެވުނު” މެންގަރޫވްގެ ބާވަތް “ބުރުގެރިއާ ހެނެސީ” އަށް މިހާރު ދިވެހި ބަހުގެ އެކަޑަމީއިން ދިވެހި ނަމެއް ފާސްކޮށްފައި ވާ ކަމަށެވެ. އެ މިނިސްޓްރީއިން އިތުރަށް ބުނީ އެ ގަހަހަށް ”ކެލަވަކި” ކިޔާފައި ވަނީ މިބާވަތުގެ އެހެން ގަސްގަހަށް ކިޔާފައިވާ ނަން ނަމަށާއި، […]