Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,143 Stories
2,324 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

އިދިކޮޅުގެ "ވިސްނާ" ޖަލްސާ ބާއްވަން ހުއްދަދީފި
Raajje

އިދިކޮޅުގެ "ވިސްނާ" ޖަލްސާ ބާއްވަން ހުއްދަދީފި

އަންނަނިހިރު ދުވަހުގެ ރޭ މާލޭ ސިޓީގައި އިދިކޮޅު ޕްރްގްރެސިވް ކޯލިޝަނުން ބާއްވަން ނިންމި ޖަލްސާ ބާއްވަން ހުއްދަ ދީފިކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކާނިވަލުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދީފައިވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން “ވިސްނާ” ނަމުގައި ޖަލްސާއެއް ބާއްވަން ނިންމައި، އެކަން ޢިއުލާން ކުރަމުން މިދިޔަ ހޯމަ ދުވަހު އެ ކޯލިޝަނުން ބުނީ […]

ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފި
Raajje

ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފި

މަސްވެރިކަމުގައި އުޅެނިކޮށް ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެހާދީސާގައި މިޔަރެއް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ 40 އަހަރު ދިވެހި މަސްވެރިއަކަށްކަމަށެވެ. ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު “ޒިކުރާ” ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމު އުޅެނިކޮށް އެ މަސްވެރިޔާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް އޭނާ ގައިގާ ހިފާ ޒަޚަމްކޮށްލާފައި ވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިމިހާއަށް ލިބިފައިވާ ޒަޚަމްގެ މާ ބޮޑު ތަފްސީލެއް އަދި...

ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް
Raajje

ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް

ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެ ސިއްޙީ މަރުކަޒުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ޝުކުރު އަދާކޮށްފިއެވެ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެކަން ފާހަގަކޮށް ދުވާފަރު ސިއްޙީ މަރުކަޒުން ޝުކުރު އަދާކުރީ އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާ މެދުވެރިކޮށެވެ. އެމްޓީޓީސީން ‏ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވަނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ...

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި
Raajje

އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

ރައީސޫލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލާއެކު އިޞްލާޙު ކުރެވިފައިވާ އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެ...

ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި
News

ބިދޭސީ ޓީޗަރުން ތިބި މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ހުޅުވާލައިފި

އަތޮޅުތެރޭގެ ގިނަ ސްކޫލް ތަކެއްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. މިގޮތުން އަތޮޅުތަކުގެ ގިނަ ސްކޫލްތަކަކުން އަންނަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި، ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، ޢިއުލާން ކުރަމުންނެވެ. ސްކޫލްތަކުން އެކަމަށް ކޮށްފައިވާ ޢިއުލާންތަކުގައި ބުނެފައި ވަނީ އެ މަޤާމުތަކަކީ ސިވިލް ސަރވިސް ކޮމިޝަންގެ، 20 ނޮވެމްބަރ 2017 ދުވަހުގެ ސަރކިއުލަރގެ ދަށުން ބިދޭސީން ތިބި މަޤާމުތަކަށް ދިވެހި...

އެސްޑީއެފްސީއިން ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލަނީ
News

އެސްޑީއެފްސީއިން ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލަނީ

އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 2020 ވަނަ އަހަރު ދޫކުރަމުންދިޔަ ލޯނުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެނީ، 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، 25 ޑިސެމްބަރ 2020 ވަނަދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަމަށެވެ. އަދި 2021 ވަނަ އަހަރު...

"ގޮމަ" ދޯނި ދެއްވަދޫ ފަރަށް އުރިއްޖެ
Raajje

"ގޮމަ" ދޯނި ދެއްވަދޫ ފަރަށް އުރިއްޖެ

“ގޮމަ” ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރިއްޖެއެވެ. އެ ދޯންޏަކީ ފަސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯންޏަކީ އދ. ފެންފުށީ ދޯންޏެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، “ގޮމަ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި، ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓް ގާޑު ސްކޮޑްރަން ހަރަކާތްތެރި ވަމުން ދާކަމަށެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު […]

އިހަވަންދޫގައި ވެސް ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި
Thiladhunmathi News

އިހަވަންދޫގައި ވެސް ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން އުތުރުގެ ތިން ރަށެއްގައި ކުރިއަށް ގެންދަން ނިންމި ނިންމުމުގެ ދަށުން، އެހަރަކާތްތައް ހިންގި ފަހު ރަށެއްގެ ގޮތުން ހއ. އިހަވަންދޫގައި ޝަރަފުގެ ހިނގާލުމާއި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. އެހަރަކާތްތައް ހިންގުމަށް އިއްޔެ އިހަވަންދޫއަށް އެންއެންޑީއެފްގެ ޓީމު ދިޔުމުން އެހެން ރަށްރަށެކޭ ވެސް އެއްފަދައިން އިހަވަންދޫ ރައްޔިތުން ވަނީ އެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެންއެންޑީއެފުން ވެސް ވަނީ އެކަން ފާހަގަ ކުރަށްވާފަ...

މޫސުން ގޯސްވާނެ، ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު
Raajje

މޫސުން ގޯސްވާނެ، ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލްސަރވިސަސް ގެ މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ މިއަދު ހެނދުނު 10:30 އިން ހަވީރު 16:00 އަށެވެ. މި ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާ […]

ދިއްދޫގައި ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި
Thiladhunmathi News

ދިއްދޫގައި ހަވާ އަރުވައި، ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފި

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހއ. ދިއްދޫގައި ބާއްވައި، ހަވާ އެރުވުން ކުރިއަށް ގެންގޮސްފިއެވެ. ދިއްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ. އެރަށުގައި ހަވާއެރުވުން އޮތީ މިރޭ 20:00 ހާއިރުއެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި ތިން މަސް ދުވަހަށް ކުރިއަށްގެންދާ 66 ވަނަ އަސާސީ […]

ކެލާއިން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ކެލާއިން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެމީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. އެރަށުން ވަނީ ޑިސެމްބަރު 14 ވަނަ ދުވަހު ވެސް ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެރަށުން އިތުރުން ދެ މީހުން […]

ސިފައިންގެ ޝަރަފުގެ ހިނގާލުން ކުޅުދުއްފުށީގައި ބާއްވައި، ހަވާ އަރުވަައިފި
Thiladhunmathi News

ސިފައިންގެ ޝަރަފުގެ ހިނގާލުން ކުޅުދުއްފުށީގައި ބާއްވައި، ހަވާ އަރުވަައިފި

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ހދ. ކުޅުދުއްފުށީގައި ބާއްވައި، އެރަށުގައި ހަވާ އަރުވައިފިއެވެ. އިއްޔެ ކުޅުދުދުއްފުށީގައި އެމްއެންޑީއެފުން ކުރިއަށް ގެންދެވި، ޝަރަފްގެ ހިނގާލުން ކުރިއަށް ގެންދިޔައީ އިއްޔެ ހަވީރުއެވެ. ހަވާއެރުވުން އޮތީ ރޭގައެވެ. މި ދެ ހަރަކާތް ބަލައިލުމަށް ވެސް ކުޅުދުއްފުށީގެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ނުކުމެފައެވެ. ޝަރަފްގެ ހިނގާލުން މިއަދު އޮންނާނީ ހއ. ދިއްދޫގަ އެވެ. ދިއްދޫގައި ހިނގާލުން އޮންނާނީ މިއަދު ހަވީރު 16:30 އިން ފެށިގެންނެވެ. ހަވާއަރުވ...

ކެލާ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފި
Thiladhunmathi News

ކެލާ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެ ހޮޓާ ތަރައްޤީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފިއެވެ. އެކަން ހާމަކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީއިން ޢިއުލާން ކުރީ ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަށް ކުރިމަތި ލުމަށް މުއްދަތު ހަމަވީ،...

މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އިތުރު އެވޯޑެއް
Business

މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އިތުރު އެވޯޑެއް

ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް، ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް ލިބިއްޖެއެވެ. މިއީ، މޯލްޑިވިއަންއަން މިއަހަރު ލިބުނު ބައިނަލްއަޤްވާމީ 2 ވަނަ އެވޯޑެވެ. އެ ކުންފުންޏަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ. މޯލްޑިވިއަންއަށް މިފަހަރު ލިބުނު އެވޯޑް ހަވާލު ކުރުން އޮތީ […]

ހދ. އަތޮޅު ކައުންސިލްއިން "ތިލަދެކުނު ވެށި ޓުއާ" ފަށަނީ
Thiladhunmathi News

ހދ. އަތޮޅު ކައުންސިލްއިން "ތިލަދެކުނު ވެށި ޓުއާ" ފަށަނީ

“ތިލަދެކުނު ވެށި ޓުއާ”ގެ ނަމުގައި ހދ. އަތޮޅުގެ ރައްޔިތުން ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތް ކުރުމުގެ ފުރުޞަތުލިބޭ ދަތުރުތަކެއް ފެށުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިގޮތުން އަންނަ ހޮނިހިރު ދުވަހު މި ޓުއާގެ ފުރަތަމަ ދަތުރުކުރަން ނިންމައި، މިހާރު ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އަތޮޅު އަތޮޅު ކައުންސިލްގެ “މާރެސް” ލޯންޗްގައެވެ. މި ލޯންޗްގެ ޖާގައަކީ 20 އެވެ. މި ޓުއާގެ ފުރަތަމަ ދަތުރު އަންނަ ހޮނިހިރުގައި ކުރުމަށް ހަމަޖެހިފައިވަނީ […]